logo
މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެBank of Maldives

Bank of Maldives

ޚަބަރު

ރިޔާސީ ދައުރު 7 އަހަރަށް ހަދަން ފެނޭ: ކުރީގެ މެމްބަރު ނިހާދު

ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެނެޓް މެމްބަރު މުހައްމަދު ނިހާދު
ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެނެޓް މެމްބަރު މުހައްމަދު ނިހާދު

ރާއްޖޭގައި މިހާރު ފަސް އަހަރަށް ކުރިއަށްދާ ރިޔާސީ ދައުރު ހަތް އަހަރުގެ މުއްދަތަށް ދިގުކުރަން ފެންނަކަމަށް ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެނެޓް މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ ބޮޑު ސައްލާ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ނިހާދު ވިދާޅުވީ، މިހާރު މި އޮއްނަ ނިޒާމުގެ ތެރެއިން ފުރަތަމަ ދެ އަހަރުގައި މަސައްކަތް ކުރެވެެނީ ކުރީ ސަރުކާރުގައި ހިންގާފައިވާ ޕްރޮޖެކްޓުތަކާއި، އެ ސަރުކާރުން ނަގާފައިވާ ދަރަނިތައް ޚަލާސް ކުރުމަށްކަމަށެވެ. އަދި އައު މެނިފެސްޓޯ ތަންފީޒުކުރުމަށް ޓަކައި ސިޔާސަތުތައް ކަނޑައަޅާ، އެއަށް ބޭނުންވާ ބަޖެޓު ހޯދުމަށްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއާއެކު އެ މެނިފެސްޓޯ ތަންފީޒު ކުރުމުގެ މަސައްކަތް ކުރެވެން ފެށެނީ ތިން ވަނަ އަހަރު ކަމަށާއި، މެނިފެސްޓޯ ތަންފީޒުކުރުމަށް ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ލިބެނީ ދެ އަހަރު ކަން ނިހާދު ފާހަގަކުރެއްވިއެވެ. އަދި ރިޔާސީ ދައަުރުގެ ފަހު އަހަރުގައި އޭރުގަ ހުންނަވާ ރައީސުލްޖުމްހޫރިއްޔާ އެއް އެންމެ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަނީ، ރިޔާސީ އިންތިހާބަށް ކަމަށް ނިހާދު ވިދާޅުވިއެވެ.

ރާއްޖޭގައި މި ކޮންމެ ފަސް އަހަރަކުން ރައްޔިތުން މި ވެރިކަން ބަދަލުކުރާ ބަދަލުކުރުން. އަޅުގަނޑު ހިތަށް އަރާ އެއްޗެއް، ފަސް އަހަރުގެ ދައުރަކުން މިކަން އެބަ ވޭތޯ އޭ؟ ކޮންމެ ފަސް އަހަރަކުން ވެރިކަން އެބަ ބަދަލުވޭ. ކީއްތޯ އޭ ވާނީ ހަތް އަހަރަށް ބަދަލުކޮށްލުން-ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނިހާދު

އެހެންކަމުން މަސައްކަތް ކުރުމަށް ލިބެނީ އެންމެ ދެ އަހަރު ކަމަށް ވިދާޅުވެ، ނިހާދު ވިދާޅުވީސިޔާސީ ޕާޓީތަކާއި މަޝްވަރާކޮށް މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަން ޖެހޭނެކަމަށެވެ. އަދި މިއީ ރާއްޖެގެ ރައްޔިތުންގެ ހައްގުގައި، ރާއްޖެއަށް ބޭނުންވާ ޒަމާނީ ތަރައްގީ ރައްޔިތުންނަށް ގެނެސްދިނުމަށް ޓަކައި ރިޔާސީ ދައުރު ހަތް އަހަރަށް ދިގު ކުރަން ޖެހޭ ކަމަށް ނިހާދު ވިދާޅުވިއެވެ. އަދި މިފަދަ ހައްލެއް ގެނެވެއްޖެ ނަމަ، އެދެވެ ނަތީޖާ ފެންނާނެ ކަމަށް ނިހާދު ވިދާޅުވިއެވެ.

މިއާއެކު ނިހާދު ފާހަގަކުރެއްވީ، އަދުގެ ސަރުކާރުގެ ދެވަނަ އަހަރު ފެށިގެން ދާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވައުދުފުޅު ވެފައިވާ ކަންތައްތައް ބާރު ސްޕީޑުގައި ފެންނަމުން ނުދާ ކަމަށެވެ. އަދި މިއީ ހަގީގަތް ކަމަށާއި، މިފަދަ ގޮތަކަށް މަޝްރޫއުތައް ކުރިއަށް ނުދާނެ ކަމަށް ވެސް ނިހާދު ވިދާޅުވިއެވެ. އެގޮތުން 2008 ވަނަ އަހަރުން ފެށިގެން ފެހި ގާނޫނު އަސާސީގެ ދަށުން ކޮންމެ ރިޔާސީ ދައުރެއްގައި ވެސް ކަން ހިނގައި ދިއައީ މިހެން ކަމަށް ނިހާދު ވިދާޅުވިއެވެ.

ނަމަވެސް މިއީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސި ދައުރު ހަތް އަހަރަށް ދިގުކުރުމަށް ދައްކަވާ ވާހަކަފުޅެއް ނޫން ކަމަށް ނިހާދު ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުޒާހަރާއަށް ތާއީދެއް ނުލިބުނު، ރައްޔިތުން ބުނެދިނީ ލޮލުން ބޮލުން މި ވެރިކަމާ ރުހި ގަބޫލުކަނަް: ފަލާޙްޚަބަރު | 3 މަސް ކުރިންޝެއިޚް އިލްޔާސް, އިމްރާނަށް: އޮޅުވާލައިގެން ކަންކަންކުރުން ހުއްޓާލަން ނުޖެހޭތޯ؟ޚަބަރު | 4 މަސް ކުރިންއޮކްޓޯބަރު 3 ގެ އެއްވުމުގައި، ގޭންގުތައް މަގުމައްޗަށް ނެރެ ތަންތަނަށް ގެއްލުން ދޭން އެބަ މަސައްކަތްކުރޭ: ފުލުހުންޚަބަރު | 4 މަސް ކުރިންޖަމީލާއި މަލީހަށް ކޮންމެ މަހަކު ބޮޑު މުސާރައެއް ޔާމީން ދެނީ ވަގަށްނަގާފައިވާ ރައްޔިތުންގެ ފައިސާއިން: ފަލާޙްޚަބަރު | 4 މަސް ކުރިން