އިދިކޮޅަށް ކަމުނުދިޔަޔަސް ރައްޔިތުން އުފަލުން


22 ފެބްރުއަރީ 2025 - 04:13
ރަމަޟާން (ރޯދަ) މަހުގެ ބަރަކާތްތެރި ދުވަސްތަކާ ދިމާކޮށް، ސަރުކާރުން ރައްޔިތުންނަށް ދެއްވާ ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ފެށިގެން ދިޔައީ ވަރަށް ކާމިޔާކަމާ އެކުގައެވެ. މި ހަދިޔާ ލިބިގަތުމަށް ދަމާލި ކިއުއިން ފެނިގެން ދިޔައީ ރައްޔިތުން މި ހަދިޔާ ބަލައިގަތް މިންވަރެވެ. ރައްޔިތު މީހާ، އޯގާތެރި ސަރުކާރެއްގެ ހަދިޔާ ހެޔޮހިތުން ބަލައިގަންނަ ކަމެވެ.
މާލެ ސަރަހައްދުގައި ފުރަތަމަ ރޭވެސް 9000 އަށްވުރެ ގިނަ މަސްދަޅު ކޭސް ބެހި
މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ގޭބިސީތަކަށް ދެއްވާ މަސްދަޅު ކޭސް ބަހަން ފެށި ފުރަތަމަ ރޭ އެކަނިވެސް މާލެ ސަރަހައްދުގެ ގޭބިސީތަކަށް 9000 އަށްވުރެ ގިނަ މަސްދަޅު ކޭސް ވަނީ ބަހާފައެވެ. އޭގެ ކުރިން ވަނީ އަތޮޅު ތެރެއަށް މި ހަދިޔާ ފޮނުވައި ބަހަން ފަށާފައެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ބަހަން ފަށާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައެވެ. މި މަސައްކަތް ފެށުމާއެކު، ގިނަ އަދަދެއްގެ ރައްޔިތުން މަސްދަޅު ބަހާ ސަރަހައްދުތަކުގައި ކިއުގައި ތިބިކަން ފާހަގަކުރެވުނެވެ. މިކަމުން ދޭހަވަނީ ރައްޔިތުން މި ހަދިޔާއަށް ދެއްވާ އަހައްމިއްޔަތުކަމާއި، ސަރުކާރުގެ މި މަސައްކަތަށް ލިބޭ ތަރުހީބުގެ ބޮޑުކަމެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވި ގޮތުގައި، ފުރަތަމަ ރޭ އެކަނިވެސް 9394 ގޭބީސީއަކަށް މަސްދަޅު ކޭސް ބަހާފައިވެއެވެ. މިއީ ވަރަށް ހަލުވި ސްޕީޑެއްގައި ކުރިއަށްދާ މަސައްކަތެއްކަން މި ތަފާސްހިސާބުން އެނގެއެވެ.
މަސްދަޅު ބެހުމުގައި އިތުރު ފަސޭހަ އިންތިޒާމްތަކެއް
ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ބެހުމަށް މާލެ ސަރަޙައްދުގައި އިތުރު ތަންތަން ހަމަޖައްސައި މިއަދުން ފެށިގެން ޖުމްލަ 13 ތަނަކުން މަސްދަޅު ދޫކުރަން ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. މިގޮތުން މި ރޭން ފެށިގެން މާލޭގައި، ގަލޮޅު ދަނޑުގެ 4 ފަރާތުގެ ސިޑިބަރި ކައިރިން، ސޯޝަލް ސެންޓަރު، ހެންވޭރު ދަނޑު އަދި ހުޅުމާލޭ ފޭސް 1 އާއި 2 ގައި އިތުރު 2 ތަނެއް، ޖުމްލަ 13 ތަނަކުން، ކޮންމެ ތަނެއްގައި 5 ޓޭބަލް ބަހައްޓައިގެން މަސްދަޅު ބެހުން ކުރިއަށް ގެންދާނެއެވެ.
މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ބެހުމުގެ ކަންކަން ކުރިއަށްދާނީ ރޭގަނޑު 08:00 އިން 12:00 އަށްކަމަށެވެ. ސަބަބަކީ މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށްވުންކަށްވުމެވެ.
ޓޯކަން ނިޒާމެއްގެ ފަސޭހަކަން
ސަރުކާރުން ވަނީ ރައްޔިތުން ކިޔޫގައި ގިނަ ވަގުތު ހޭދަކުރަންނުޖެހޭނެހެން، އޮންލައިން ނިޒާމެއްގެ ތެރެއިން، ޓޯކަން ނެގޭނެ އިންތިޒާމު ހަމަޖައްސަން ވެސް މިހާރު ނިންމާފައެވެ. މި ނިޒާމުގެ ތެރެއިން ވަކި ރެޔަކަށް ވަކި މަރުކަޒަކުން ޓޯކަން ނެގުމުން، އެ ރެޔެއްގައި އެ މަރުކަޒަކުން އެ ބޭފުޅަކަށް މަސްދަޅުކޭސް ލިބޭނެ އިންތިޒާމު ހަމަޖެހޭނެއެވެ. އަދި ފޯނު ފަދަ ތަކެތި ބޭނުންކުރުމަށް ދަތިކަމެއް ދަތިކަމެއް ހުރެދާނެ ފަރާތްތަކަށްވެސް ދައްޗެއް ނެތި މި ނިޒާމް ބޭނުން ކުރެވޭނެއެވެ.
މަސްދަޅުކޭސް ދޫކުރާނެ ތަންތަނާއި ދޫކުރާނެ ޓޯކަންގެ އަދަދު:
* މިފްކޯ ކޮމްޕްލެކްސް (މާފަންނު): 200 ޓޯކަން* އެމް.ޓީ.ސީ.ސީ ސޯމިލް: 200 ޓޯކަން* ހެންވޭރު ދަނޑު: 100 ޓޯކަން* ގަލޮޅު ދަނޑު – ސެޓަޕް 1 : 50 ޓޯކަން* ގަލޮޅު ދަނޑު – ސެޓަޕް 2 : 50 ޓޯކަން* ގަލޮޅު ދަނޑު – ސެޓަޕް 3 : 50 ޓޯކަން* ގަލޮޅު ދަނޑު – ސެޓަޕް 4 : 50 ޓޯކަން* ސޯޝަލް ސެންޓަރު : 100 ޓޯކަން* ވިލިމާލެ – ވެމްކޯ ސައިޓް: 100 ޓޯކަން* ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިންގ: 100 ޓޯކަން* ހުޅުމާލެ – ޕޮލްކޯ ޓަވރ (ސީ ބްލޮކް): 100 ޓޯކަން* ހުޅުމާލެ – ހިޔާ ޓަވަރު 10 : 100 ޓޯކަން* ހުޅުމާލެ – ކާމިލްދީދި ޕްރީސްކޫލް: 100 ޓޯކަން
އިދިކޮޅަށް ކަމުނުދިޔަޔަސް ރައްޔިތުން އުފަލުން
އެހެންނަމަވެސް ހިތާމައަކީ އިދިކޮޅު ފަރާތްތައް މިކަމަށް ވެސް ފާޑު ކިޔައި ހަޖޫ ޖަހަމުންދާކަމެވެ. އިދިކޮޅުގެ އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނަށް ރޯދަ ހަދިޔާއެއްހާ ހިސާބު ވެސް ނުދެވި އޮތުމަކީ އަދުގެ ސަރުކާރުގެ މި މަސައްކަތް ފަނޑުކޮށްލަން ވާހަކަ ދެއްކުމަށް އޮތް ހުއްޖަތެއް ނޫނެވެ. ރައްޔިތުން ރޯދަ ހަދިޔާ ބަލައިގަންނަނީ އުފަލާއެކުގައި ދިގު ކިއުން އެކަނި ވެސް އެނގެންދެއެވެ.
ސަރުކާރެއްގެ މިފަދަ ދީލަތި ހެޔޮކަމެއް ލިބިގަތުމުގައި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ފިތުނަ އުފެއްދުމަކީ ޒިންމާދާރު އިދިކޮޅު މަސައްކަތެއްކަމަށް ނުބެލެވެ. ޚުދު ތިމާމެން ވެސް ހިމެނޭހެން މި ހަދިޔާ ލިބިގަނެވޭއިރު، ބަރަކާތްތެރި މަޝްއަރަށްޓަކައި ވެސް ފިތުނައިން ދުރުވެ، ތިމާމެނަށް ކޮށްނުދެވުކަމެއް މި ސަރުކާރުން ކުރާތީ ޝުކުރުގެ ބަހެއް ބުނާން ނުކެރޭނަމަ ރައްޔިތުންގެ އިހްސާސްތަކަށް ކަމޭހިތުން މާ ބުއްދިވެރިއެވެ.
މި މަސައްކަތުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފާވެރިކަމާއި ހިތްހަމަޖެހުން އިތުރުވެގެންދިޔަކަމީ ޝައްކެތް އޮތްކަމެއްނޫނެވެ. ޚާއްޞަކޮށް ރަމަޟާން މަހުގެ ޚަރަދުތަކަށް ލުޔެއް ލިބިގެން ލިބިގެންދާނެކަން ކަށަވަރެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
8 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
7 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
7 މަސް ކުރިން