logo
މެމްބަރު ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިBank of Maldives

Bank of Maldives

ޚަބަރު

ސައުދީން ރާއްޖޭގައި އަރަބި ބަސް ދަސްކޮށްދޭ މަރުކަޒެއް ގާއިމުކުރަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ފެބްރުއަރީ 2025 - 06:16
ސައުދީން ރާއްޖޭގައި އަރަބި ބަސް ދަސްކޮށްދޭ މަރުކަޒެއް ގާއިމުކުރަނީ

ސައުދީ އަރަބިއްޔާއިން އިސްނަގައިގެން ރާއްޖޭގައި އަރަބި ބަސް ދަސްކޮށްދޭ ޚާއްޞަ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަރަބި ބަސް ފެތުރުމަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ޚާއްޞަ އިރުޝާދުގެ ދަށުން ކުރެވޭ މަސައްކަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިސްނެގުމުގެ ދަށުން، ބޭރު ޤައުމެއްގައި ގާއިމުކުރާ ފުރަތަމަ މަރުކަޒު ރާއްޖޭގައި ގާއިމުކުރުމުގެ މަސައްކަތް ރަސްގެފާނު ސަލްމާން ހަވާލުކުރައްވާފައިވަނީ ސައުދީ އަރަބިއްޔާގެ އެންމެ ބޮޑު ޔުނިވަރސިޓީ ކަމަށްވާ އިމާމް މުހައްމަދު ޔުނިވަރސިޓީއާއެވެ. އެ ޔުނިވަރސިޓީން މިހާރު ވަނީ ރާއްޖޭގައި ގާއިމުކުރާ މަރުކަޒުގެ ޑިރެކްޓަރަކަށް ޑރ. ސާލިހް ބިން ސުލައިމާން އަލް އަރާޖާ އައްޔަނުކޮށްފައެވެ.

ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީއާ ގުޅިގެން، މި މަރުކަޒު ގާއިމުކޮށް ކިޔަވައިދޭން ފެށުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން ވެސް ވަނީ ޑރ. ސާލިހްއާ ހަވާލުކޮށްފައެވެ.

އިމާމް މުހައްމަދު ޔުނިވަރސިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި މި މަރުކަޒު ގާއިމުކުރެވުމަކީ އަރަބި ބަހުން ވާހަކަ ނުދައްކާ މުސްލިމު ޤައުމުތަކަށް އަރަބި ބަސް އުގަންނައިދީ، އެ ބަސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރުމަށް އެޅިގެންދިޔަ ވަރުގަދަ ބިންގަލެއް ކަމަށެވެ.

ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރު މަޓްރެކް އަބްދުﷲ އަލްއަޖަލީން އަލްދުސާރީ، ޑރ. ސާލިހް ބިން ސުލައިމާން އަލް އަރާޖާއާ ބައްދަލުކުރައްވައި، ރާއްޖޭގައި އަރަބި ބަސް އުގަންނައިދޭ މަޢުހަދެއް ގާއިމުކުރުމުގެ އެންމެ ފަހުގެ އިންތިޒާމުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

މި މަރުކަޒު ގާއިމުކުރުމުން ރާއްޖޭގައި އަރަބި ބަސް ދަސްކުރުމުގެ ފުރުސަތު އިތުރުވެ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަސްކަރީ ގާބިލުކަން ދައްކައިދޭ ވީޑިއޯއެއް އާންމުކޮށް ސައޫދީގެ އިންޒާރެއް އީރާނަށްދުނިޔެ | 23 ދުވަސް ކުރިންސައުދީގެ މެދުތެރެއަށް އަމާޒުކުރި ކްރޫޒް މިސައިލެއް އެގައުމުން ހުއްޓުވައިފިދުނިޔެ | މަހެއް ކުރިންޤުރުއާނުގެ ހަތަރު މުޞްޙަފެއް އަތުން ލިޔުއްވި އުޘްމާން ޠާހާ ވަލީއަހްދު މުހައްމަދު ބައްދަލުކުރަށްވައިފިދުނިޔެ | 2 މަސް ކުރިން 4 ބިލިއަން ރިޔާލުގެ ސައޫދީގެ ''ޖޯއި ފޯރަމް'' ފަށައިފިދުނިޔެ | 6 މަސް ކުރިން