logo
ކުޅިވަރު

ތާރީޚް ބަދަލުކޮށް ކާށިދޫއިން ފުރަތަމަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލަށް

އަބްދުﷲ ޣާނިމް
22 ފެބްރުއަރީ 2025 - 07:14
ކާށިއޫއިން ވަނީ މުބާރާތުގެ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަހޯދާފައި. ފޮޓޯ: އިމޭޖެސް.އެމް.ވީ
ކާށިއޫއިން ވަނީ މުބާރާތުގެ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަހޯދާފައި. ފޮޓޯ: އިމޭޖެސް.އެމް.ވީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ސެމީ ފައިނަލްގައި ގދ. ވާދޫ ބަލިކޮށް، ކ. ކާށިދޫ ވަނީ އެ ޓީމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފައިނަލަށް ގޮސްފައެވެ. ރޭ ކުޅުނު މެޗުގައި ކާށިދޫ އިން ވާދޫގެ މައްޗަށް ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ. ފާހަގަ ކޮށްލެވޭގޮތުގައި މިއީ މިމުބާރާތުގެ ކުއާާޓަރ ފައިނަލް އަދި ސެމީ ފައިނަލުގައިވެސް ކާށިދޫ ވާދކުރި ފުރަތަމަ ފަހަރެވެ.

ރޭގެ މެޗު ފެށިގެން ތިން ވަނަ މިނެޓުގައި ވާދޫގެ ނަޝާހް އަހުމަދު (ނައްޓު) ގޯލެއް ޖަހައި އެ ޓީމަށް ލީޑު ނެގި ނަމަވެސް، 13 ވަނަ މިނެޓުގައި ވާދޫގެ ކެޕްޓަން އަޔާޒް އަހުމަދު (އަޔާ) ގައިގައި ޖެހި ވަތްގޯލަކުން ނަތީޖާ ހަމަހަމަވެގެން ދިޔައެވެ. ވާދޫގެ 5 ފައުލް ހަމަވެގެން ދުރުން 2 ޕެނަލްޓީ ފުރަތަމަ ހާފުގައި ލިބުނުނަމަވެސް ކާމިޔާބުކުރޭވޭގޮތް ނުވިއެވެ. އެއް ޕެނަލްޓީ ބޭރަށް ޖެހިއިރު، ދެވަނަ ޕެނަލްޓީ ކީޕަރުވަނީ މަތަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފޔގެ 14 ވަނަ މިނެޓުގައި ކާށިދޫގެ އަޖުލާން އަބްދުލް ހަންނާން ގޯލެއް ޖެހައި ފުރަތަމަ ފަހަރަށް ކާށިދޫއަށް ލީޑުނަގައިދިންނަމަވެސް، އޭގެ މިނެޓެއްގެ ފަހުން ވާދޫގެ ނައްޓު އަނެއްކާވެސް ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ.

KAASHIDHOO.jpg

މެޗުގެ ތެރެއިން. ފޮޓޯ: އިމޭޖެސް.އެމް.ވީ

 

މެޗުގެ ފަހު 10 މިނެޓުގައި ކާށިދޫގެ އިސްމާއިލް ރަޔާން ވަނީ ދެގޯލުޖަހާފައެވެ. ވާދޫއަށް ލިބުނު ދުރު ޕެނަލްޓީ ކާށިދޫގެ ގޯލްކީޕަރު މުހައްމަދު ސަލީލް ހުއްޓުވުމާއެކު، މެޗުގެ ފަހު މިނެޓުގައި ވާދޫގެ ނައްޓު އަށް ރަތް ކާޑު ދެއްކުމުން އެ ޓީމުގެ އުންމީދުތައް ފެނަށްގޮށްފައެވެ.

މި ކާމިޔާބީއާ އެކު ކާށިދޫ ފައިނަލުގައިވާދާކުރާނީ ހދ. ނައިވާދޫއާއި ދެކޮޅަށެވެ. މިއީ މި ދެ ޓީމުވެސް ލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލަކަށް ދެވުނު ފުރަތަމަ ފަހަރެވެ.

މި މުބާރާތުގައި ކާށިދޫގެ ދަތުރު ވަރަށް ފާހަގަކޮށްލެވެއެވެ. އެ ޓީމުން ވަނީ ކ. އަތޮޅުގެ އެންމެ ކާމިޔާބު ޓީމު ގާފަރު، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތިމަރަފުށި އަދި މާލެ ޒޯންގެ ޗެމްޕިއަން ވިލިމާލެ ފަދަ ވަރުގަދަ ޓީމުތައް ބަލިކޮށްފައެވެ. ފާހަގަކޮށްލެވޭ ކަމަކީ މި ހުރިހާ މެޗެއްގައިވެސް ކާށިދޫ މޮޅުވެފައިވަނީ ފަހަތުން އައިސްގެންނެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯލްޑަން ފުޓްސަލް މުބާރާތް 2026 ގައި ރެޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައިފިކުޅިވަރު | 2 މަސް ކުރިންރާއްޖޭގެ އާ ފުޓްސަލް ޗެމްޕިއަން ކާށިދޫ އަށް ރަށުން ހޫނު މަރުހަބާ އެއްކުޅިވަރު | 6 މަސް ކުރިންނާވައިދޫ ބަލިކޮށް ކާށިދޫ ފުޓްސަލްގެ ރަސްކަމަށްކުޅިވަރު | 6 މަސް ކުރިންނާވައިދޫ ބަލިކޮށް ކާށިދޫ ފުޓްސަލްގެ ރަސްކަމަށްކުޅިވަރު | 6 މަސް ކުރިން