logo
ކުޅިވަރު

ގަދަފަދަ ގަން ބަލިކޮށް ނައިވާދޫއިން ފުރަތަމަ ފަހަރަށް ގޯލްޑަން ފުޓްސަލްގެ ފައިނަލަށް

އަބްދުﷲ ޣާނިމް
22 ފެބްރުއަރީ 2025 - 07:34
ރޭގެ މެޗުގައި ނައިވާދޫއިން ވަނީ ތަފާތު މޮޅުކުޅުމެއް ދައްކާފައި. ފޮޓޯ: އިމޭޖެސް.އެމް.ވީ
ރޭގެ މެޗުގައި ނައިވާދޫއިން ވަނީ ތަފާތު މޮޅުކުޅުމެއް ދައްކާފައި. ފޮޓޯ: އިމޭޖެސް.އެމް.ވީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ސެމީ ފައިނަލުގައި ގަދަފަ ލ. ގަން 3-1 އިން ބަލިކޮށް ހދ. ނައިވާދޫ އިން ވަނީ ފުރަތަމަ ފަހަރަށް ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖެހީ ނައިވާދޫގެ މުހައްމަދު ޝާއިނެވެ. މިލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 10 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުންނެވެ. ނަމަވެސް އޭގެ ހަ މިނެޓް ފަހުން ގަމުގެ ކެޕްޓަން އަހުމަދު ހަލީމް (އައްމަޑޭ) ވަނީ ގޯލުޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގައި ނައިވާދޫއިން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް، ފަސް މިނެޓުތެރޭގައި އަހުމަދު ހަމީދު (އައްމަޑޭ) ޖެހި ލަނޑުން ލީޑު ނެގިއެވެ. އަދި މެޗުގެ ފަހު މިނެޓުގައި ޝާއިން އިތުރު ލަނޑެއް ޖަހައި ނައިވާދޫގެ ލީޑު ފުޅާކުރިއެވެ. ރޭގެ މެޗުގެ މޮޅުކުޅުންތެރިޔަކީ ނައިވާދޫގެ އަހުމަދު ހަމީދުއެވެ.

NAIVADHOO.jpg

ރޭގެ މެޗުގެތެރެއިން. ފޮޓޯ: އިމޭޖެސް.އެމް.ވީ

 

ހދ. އަތޮޅުގެ އެންމެ ކާމިޔާބު ޓީމު ނައިވާދޫން މިފަހަރު އަތޮޅު ތަށި ދިފާއުކުރުމުގެ އިތުރުން، އަލުން ޒޯން އެކެއްގެ ތަށިވެސް ހޯދާފައިވެއެވެ. ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، އަބްދުﷲ ޝާފިއު (ޝާއްޕެ) އަނިޔާއާ ހެދި ނުކުޅެވުނު ނަމަވެސް، ޓީމުން ދައްކާފައިވަނީ ފުރިހަމަ ގުޅިލާމެހިފައިވާ ކުޅުމެކެވެ.

މިއީ ނައިވާދޫން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަންނަ އަންގާރަ ދުވަހުގެ ރޭ ބޭއްވޭ ފައިނަލުގައި ނައިވާދޫ އިން ވާދަކުރާނީ ކ. ކާށިދޫއާ ދެކޮޅަށެވެ

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯލްޑަން ފުޓްސަލް މުބާރާތް 2026 ގައި ރެޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައިފިކުޅިވަރު | 2 މަސް ކުރިންރާއްޖޭގެ އާ ފުޓްސަލް ޗެމްޕިއަން ކާށިދޫ އަށް ރަށުން ހޫނު މަރުހަބާ އެއްކުޅިވަރު | 6 މަސް ކުރިންނާވައިދޫ ބަލިކޮށް ކާށިދޫ ފުޓްސަލްގެ ރަސްކަމަށްކުޅިވަރު | 6 މަސް ކުރިންނާވައިދޫ ބަލިކޮށް ކާށިދޫ ފުޓްސަލްގެ ރަސްކަމަށްކުޅިވަރު | 6 މަސް ކުރިން