logo
Bank of Maldives

Bank of Maldives

ޚަބަރު

ފައިނު އެއާޕޯޓު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
23 ފެބްރުއަރީ 2025 - 07:19
ފައިނު އެއާޕޯޓު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރ. ފައިނުގައި ތަރައްގީ ކުރަން ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތްތައް ފެށުމުގެ ކުރިން ހަދަންޖެހޭ އެސެސްމަންޓުތައް ހެދުމަށް އެމްޓީސީސީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ދެމެދުެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު ބޭއްވުނު ހާއްސަ ހަފްލާއެއްގައި މި އެއްބަސްވުމުގައި ސޮއިކުރެވުނެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީއެވެ. މި ހަފްލާގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޝްރޫއުގައި ސޮއިކުރުމަށް ފަހު އެމްއޭސީއެލް އިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި މަޝްރޫއަކީ ރައީސް މުހައްމަދު މުއިއްޒުގެ ތަސައްވަރާ އެއްގޮތަށް، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް އިގްތިސާދީ ކުރިއެރުމަށް މުހިއްމު މަޝްރޫއެއް ކަމަށެވެ.

މީގެ ކުރިން، މިދިޔަ މަހުގެ 23 ވަނަ ދުވަހު ރ. ފައިނަށް ވަޑައިގެން ރައީސް މުއިއްޒު ވަނީ ވަރަށް އަވަހަށް އެ ރަށުގައި އެއާޕޯޓުގެ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ފައިނު އެއާޕޯޓަކީ އެ ރަށު ރައްޔިތުންނާއި އެ ދާއިރާގެ ރައްޔިތުންގެ ވެސް އިގްތިސާދީ ކުރިއެރުމުގައި މުހިއްމު ދައުރެއް އަދާކުރާނެ އެއާޕޯޓެއް ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

"ވަރަށް ގިނަ ވަޒީފާތައް އޭގެ ސަބަބުން އުފެދިގެންދާނެ. މި ސަރަހައްދަށް ގިނަ ރިސޯޓުތަކެއް އައުމަށް މަގުފަހުވެގެންދާ ކަމަކަށް މިކަން ވެގެންދާނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ފައިނު އެއާޕޯޓު ވެގެންދާނީ އުއްމީދީ އެއާޕޯޓަކަށް ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑުތަކުރުފާނު މަގު މަސައްކަތް: 400 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކޮށްފިޚަބަރު | 5 ދުވަސް ކުރިންބޮޑުތަކުރުފާނު މަގު ސެގްމަންޓް 5 ގެ މުހިންމު މަސައްކަތްތައް ނިންމާލައިފި، އަންނަ ހަފުތާގައި ތާރު އަޅަން ފަށަނީޚަބަރު | މަހެއް ކުރިންމާލޭ ޓެކްސީ ލައިންގެ ވެބްއެޕް މެދުވެރިކޮށް، އަގު ނަގަން ފަށައިފިޚަބަރު | މަހެއް ކުރިންސުނާމީ ބިނާ ސަރަޙައްދު މަރަމާތުކުރުމުގެ އަމަލީ މަސައްކަތް ނިންމާލައިފިޚަބަރު | މަހެއް ކުރިން