logo
Bank of Maldives

Bank of Maldives

ޚަބަރު

އިހުސާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

އާމިނަތު ޝަފާ
24 ފެބްރުއަރީ 2025 - 11:52
އިހުސާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް  ހުށަހެޅީ 12 މެމްބަރުންގެ ސޮޔާއެކުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި އިހުސާން މަގާމާ ހަވާލުވެވަޑައިގެންނެވިތާ އެއް އަހަރާއި ދެ މަސް ދުވަހުގެ ތެރޭގައި މިނިސްޓަރަކު ކޮށްގެން ނުވާނެ އެތައް ކަމެއް ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވުން ހިމެނެއެވެ.

މީގެ ތެރޭގައި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަން ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުމާއި ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވައި ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގުކުރަން ހުރަސް އެޅުމާއި ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް ހުރަސް އަޅާފައިވުމާއި އެތައް ބައެއްގެ ޒާތީ މައުލޫމާތުތައް ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށް ނަގައި، އެ މީހުންގެ ރުހުމަކާ ނުލައި ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދުމުގެ ތުހުމަތު ހިމެނެއެވެ.

އިތުބާރު ނެތް ކަމުގެ މައްސަލައިގައި ބުނީ ގާނޫނުތަކާ ހިލާފަށް ހިންގާފައިވާ ކަންކަމުގެ ތެރޭގައި ޖިނާއީ ކުށް ހިމެނޭތީ، އެ މަގާމުގައި އޭނާ ހުރެއްޖެނަމަ ޖިނާއީ ތަހުގީގަށް ހުރަސްއެޅުމުގެ އިހުތިމާލު އޮންނާނެ ކަމަށެވެ. އެހެންވެ، އެ މަގާމުގައި އިތުރަށް ހުރުމަކީ ރައްޔިތުންގެ އެތައް ހައްގެއް ގެއްލި، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަމަށް ބުރޫ އަރާފާނެ ކަމެއް ކަމަށް އިތުބާރު ނެތް ކަމުގެ މައްސަލައިގައިވެއެވެ.

މި މައްސަލަ އެމްޑީޕީން ހުށަހަޅާފައިވަނީ އެއްވެސް ސައްހަ އަސާސެއްގެ މައްޗަށް ބިނާކޮށްފައި ނޫންކަމަށްވުމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފެއިލް ކޮށްލާނެ ކަމަށް ޕީއެންސީން މައުލޫމާތުދެެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕެންޝަނަށްވުރެ ބޮޑު އާމްދަނީ ލިބޭ މީހުންނަށް ޕެންޝަން ނުލިބޭ އިސްލާހު ފާސްކޮށްފިޚަބަރު | 12 ދުވަސް ކުރިންނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން މަޖިލީހުގެ ދައުރު އިތުރުކޮށްފިޚަބަރު | 12 ދުވަސް ކުރިންކޯރަމް ހަމަނުވެގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބޭއްވުނު!ޚަބަރު | 13 ދުވަސް ކުރިންލާމަރުކަޒީ ޤާނޫނަށް ގެންނަ އިޞްލާޙުތަކަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިޚަބަރު | 13 ދުވަސް ކުރިން