logo
Bank of Maldives

Bank of Maldives

ޚަބަރު

އިހުސާންގެ އިތުބާރު ނެތް މައްސަލަ މަޖިލީހުން ފާހެއް ނުވި

ހުސައިން ވަސީމް
25 ފެބްރުއަރީ 2025 - 12:56
އިހުސާންގެ އިތުބާރު ނެތް މައްސަލަ މަޖިލީހުން ފާހެއް ނުވި

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުން ފާހެއް ނުވި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 12 މެމްބަރުންގެ ސޮޔާއެކުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މިއަދު ނެގި ވޯޓުގައި އިހުސަންގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ 11 މެމްބަރުންނެވެ. ޕީއެންސީގެ 64 މެންބަރަކު ވޯޓު ދެއްވީ އެ މައްސަލަ ފާސްކުރުމާ ދެކޮޅަށެވެ.

މިނިސްޓަރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް 47 މެމްބަރުންގެ ވޯޓު ބޭނުންވާނެ އެވެ. މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ ތިއްބަވަނީ 12 މެންބަރުންނެވެ.

މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި އިހުސާން މަގާމާ ހަވާލުވެވަޑައިގެންނެވިތާ އެއް އަހަރާއި ދެ މަސް ދުވަހުގެ ތެރޭގައި މިނިސްޓަރަކު ކޮށްގެން ނުވާނެ އެތައް ކަމެއް ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލާގައި މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ވަޒީރަށް ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުޞަތުދެއްވާފައެވެ. އަދި އެފުރުޞަތުގައި ވަޒީރު ވަނީ އެމަނިކުފާނަށް ކުރާ ތުހުމަތުތަކަށް އިންކާރުކުރައްވާފަ އެވެ.

އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި އިހުސާން މަގާމާ ހަވާލުވެވަޑައިގެންނެވިތާ އެއް އަހަރާއި ދެ މަސް ދުވަހުގެ ތެރޭގައި މިނިސްޓަރަކު ކޮށްގެން ނުވާނެ އެތައް ކަމެއް ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވާ ކަމަށެވެ.

މީގެ ތެރޭގައި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަން ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުމާއި ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވައި ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގުކުރަން ހުރަސް އެޅުމާއި ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް ހުރަސް އަޅާފައިވުމާއި އެތައް ބައެއްގެ ޒާތީ މައުލޫމާތުތައް ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށް ނަގައި، އެ މީހުންގެ ރުހުމަކާ ނުލައި ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދުމުގެ ތުހުމަތު ހިމެނެއެވެ.

އިތުބާރު ނެތް ކަމުގެ މައްސަލައިގައި ބުނީ ގާނޫނުތަކާ ހިލާފަށް ހިންގާފައިވާ ކަންކަމުގެ ތެރޭގައި ޖިނާއީ ކުށް ހިމެނޭތީ، އެ މަގާމުގައި އޭނާ ހުރެއްޖެނަމަ ޖިނާއީ ތަހުގީގަށް ހުރަސްއެޅުމުގެ އިހުތިމާލު އޮންނާނެ ކަމަށެވެ. އެހެންވެ، އެ މަގާމުގައި އިތުރަށް ހުރުމަކީ ރައްޔިތުންގެ އެތައް ހައްގެއް ގެއްލި، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަމަށް ބުރޫ އަރާފާނެ ކަމެއް ކަމަށް އިތުބާރު ނެތް ކަމުގެ މައްސަލައިގައިވެއެވެ.

މި މައްސަލަ އެމްޑީޕީން ހުށަހަޅާފައިވަނީ އެއްވެސް ސައްހަ އަސާސެއްގެ މައްޗަށް ބިނާކޮށްފައި ނޫންކަމަށްވުމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފެއިލް ކޮށްލާނެ ކަމަށް ޕީއެންސީން މައުލޫމާތުދެެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޖިލީހުން ވަޒީރުންނަށް ރުހުން ދީފިޚަބަރު | ދުވަހެއް ކުރިންވަޒީރުންނަށް ރުހުން ދޭން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިޚަބަރު | 3 ދުވަސް ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލެވޭ ތާރީހަށް ބަދަލު ގެނެސްފިޚަބަރު | 3 ދުވަސް ކުރިން''ގިރާވަރު ފަޅު ހިއްކައި ނިމުމުން ގޯތިތަކުގެ ރަޖިސްޓްރީ ހަދައި، ގޯތިތައް ހަވާލުކުރަން ފަށާނެ''ޚަބަރު | 15 ދުވަސް ކުރިން