logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރެއާލް ސޮސައިޑޭޑް ބަލިކޮށް މެޑްރިޑް ފައިނަލާއި ފިޔަވަޅަކާއި ގާތަށް

އަބްދުﷲ ޣާނިމް
27 ފެބްރުއަރީ 2025 - 07:18
ރޭގެ މެޗުގައި ގޯލުޖެހުމަށްފަހު އުފާ ފާޅުކުރަނީ. ފޮޓޯ: ރެއާލް މެޑްރިޑް
ރޭގެ މެޗުގައި ގޯލުޖެހުމަށްފަހު އުފާ ފާޅުކުރަނީ. ފޮޓޯ: ރެއާލް މެޑްރިޑް

ކޮޕަޑެލްރޭގެ ސެމީގެ ފުރަތަމަ ލެގުގައި ރެއާލް ސޮސައިޑޭޑް ބަލިކޮށް ރެއާލް މެޑްރިޑް ފައިނަލާއި ގާތަށް ޖެހިލައިފިއެވެ. ރެއާލް ސޮސައިޑޭޑް ގެ އަމިއްލަ ދަނޑުގައި ކުޅެވުނު މިމެޗު މެޑްރިޑުން ކާމިޔާބުކުރީ 0-1 އިންނެވެ.

ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ރެއާލް ގެ އެމްބާއްޕޭ ޓީމުލިސްޓުގައި ހިމެނިފައިނުވާއިރު، އަނިޔާގެ ސަބަބުން ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ވަލްވަރޑޭ ވެސް ޓީމުގައި ހިމެނިފައި ނުވެއެވެ. އެހެންކަމުން ރޭގެ މަޗަށް ރެއާލް އިން ނިކުތީ އެންޑްރިކް އާއި އާދަރ ގުލާ ފުރަތަމަ 11 ގައި ހިމަނައިގެންނެވެ.
މެޗުގެ ހަމައެކަނި ގޯލަކީ ރެއާލްގެ ހާފުގެ ތެރެއިން ބެލިންގްހަމް ދިން ދުރު ބޯޅައަކުން ލިބުނު ފުރުސަތެއްގައި އެންޑްރިކް ޖެހި ގޯލެކެވެ. މީގެ އިތުރުންވެސް މިމެޗުގައި ދެޓީމަށްވެސް ގޯލުޖަހާނެ ފުރުސަތުތަކެއް ލިބި، ބޭނުންކުރެވޭގޮތް ވަނީ ނުވެފައެވެ.
ސެމީގެ ދެވަނަ ލެގު ކުޅޭނީ މާރިޗު މަހުގެ 9 ވަނަ ދުވަހުގައި ރެއާލް ގެ ދަނޑުގައެވެ. މީގެ އިތުރުން ކޮޕަޑެލްރޭ ސެމީގެ ފުރަތަމަ ލެގުގައި ބާސާ ވަނީ އެޓީމުގެ އަމިއްލަ ދަނޑުގައި 4-4 އިން އެއްވަރުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރާންސްފަރ މާކެޓްގައި ރެއާލް މެޑްރިޑުން ބާސާ ބުލި ކުރަނީ! މިފަހަރު ކުކުރެލާ ރެއާލް މެޑްރިޑްއަށްކުޅިވަރު | 11 ދުވަސް ކުރިންލެޖެންޑަރީ ކޯޗު މޮރީނިއޯ ކުލަބާއި ރަސްމީކޮށް ހަވާލުވިކަން މެޑްރިޑުން އިޢުލާނުކޮށްފިކުޅިވަރު | 13 ދުވަސް ކުރިންރެއާލް މެޑްރިޑް އާއި ދެކޮޅަށް ބާސެލޯނާއިން އަބުރުގެ ދަޢުވާކުރަނީކުޅިވަރު | 14 ދުވަސް ކުރިންސަޕްރައިޒް ކުޅުންތެރިޔަކީ އަލްވަރޭޒް، 150 މިލިޔަން ޔޫރޯ ރެއާލް މެޑްރިޑުން ބިޑުކޮށްފިކުޅިވަރު | 16 ދުވަސް ކުރިން