ބިޑަކާ ނުލާ ބައެއްކަހަލަ މަޝްރޫއުތައް ހިންގޭގޮތަށް މާލިއްޔަތު ގަވާއިދަށް އިސްލާހުގެނެސްފި
27 ފެބްރުއަރީ 2025 - 07:26

ކުރިއަށް އޮތް ދެ އަހަރުގެ މުއްދަތަށް އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކޮށްދޭ މަޝްރޫއުތަށް ހިންގުމަށް ބިޑަކާ ނުލާ ކުރިއަށްގެންދެވޭ ގޮތަށް މާލިއްޔަތު ގަވައިދަށް އިއްޔެ އިސްލާހު ގެނެސްފި އެވެ.
ފިނޭންސް މިނިސްޓްރީން ގެޒެޓުކޮށްފައިވާ ގަވާއިދުގައި ބުނެފައި ވަނީ ރައްޔިތުންގެ އަސާށީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކޮށްދޭ މަޝްރޫއުތަކާއި ސަލަމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫއުތައްހިންގުމަށް ދައުލަތުގެ އޮފީހަކުން މިނިސްޓްރީއަށް ހުށަހަޅާ މިނިސްޓްރީން ކަނޑައަޅާ ވަކި އުސޫލެއްގެ ދަށުން ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމެޓީއަކުން ކަނޑައަޅާ މަޝްރޫއުތައް ވާދަވެރި ބިޑަކާ ނުލާ ކުރިއަށް ގެންދެވޭވެނެ ކަމަށެވެ.

Ad by Hajj Corporation
ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކޮށްދޭ ބާވަތުގެ މަޝްރޫއުތަކާއި ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫއުތައް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅަން ޖެހޭ ގޮތަށް ވެސް އިސްލާހުގައި ވަނީ ހިމަނާފަ އެވެ.
އިތުރަށް އިސްލާހުގައި ބުނެފައި ވަނީ ޕީއެސްއައިޕީގެ ތެރެއިން ދައުލަތުގެ އޮފީހަކުން މިނިސްޓްރީއަށް ހުށަހަޅާ މިނިސްޓަރުގެ ލަފާގެ މަތީން ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމެޓީއަކުން ކަނޑައަޅާ ވަކި މަޝްރޫއެއް ބިޑު ސެކިއުރިޓީ އާއި ޕާފޯމަންސް ގެރެންޓީ ނުވަތަ ސެކިއުރިޓީ ނެގުން އިސްތިސްނާ ކުރުމުގެ އިހުތިޔާރު ފިނޭންސް މިނިސްޓަރަށް ލިބޭނެ ކަމަށެވެ.
އިސްތިސްނާ ދެވޭ މަޝްރޫއުތައް ބަލަހައްޓާ މިނިސްޓްރީއަކުން، އެ މަޝްރޫއުތައް ހިނގާ ގޮތުގެ ރިޕޯޓު ގަވާއިދުން ބަލަހައްޓައި ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ޖެހޭނެ ކަމަށް ވެސް މާލިއްޔަތު ގަވައިދަށް ގެނައި އިސްލާހުގައިވެ އެވެ.
މި ގަވާއިދަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި ޝައިއުކުރާ ދުވަހުން ފެށިގެން 2 އަހަރުގެ މުއްދަތަކަށެވެ.