logo
ޚަބަރު

ސިޔާސީ ފިކުރު ތަފާތު ވިޔަސް، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދޭނަން: މޭޔަރ އާޒިމް

އާމިނަތު ޝަފާ
28 ފެބްރުއަރީ 2025 - 06:41
ސިޔާސީ ފިކުރު ތަފާތު ވިޔަސް، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދޭނަން: މޭޔަރ އާޒިމް

މާލެ ސިޓީ ކައުންސިލަކީ، ސިޔާސީ ފިކުރު ތަފާތު ވިޔަސް، ރައްޔިތުންނަށް ފޯރުކޮށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި، ގުޅިގެން، ޢަމަލީގޮތުން މަސައްކަތްކޮށް ކާމިޔާބު ޙާޞިލްކުރަމުގެ ނަމޫނާ ކައުންސިލެއް ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މި ފަދައިން ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ރޭ ލޮނިޒިޔާރަތް ޕާކުގައި އޮތް މިއަހަރުގެ ރައްޔިތުންގެ ބައްދަލުވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޭޔަރ ޢާޒިމް ވިދާޅުވީ، ސިޔާސީ ފިކުރު ތަފާތު ވިޔަސް، މާލޭ ސިޓީ ކައުންސިލަކީ ރައްޔިތުންނަށް ފޯރުކޮށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ކާމިޔާބު ނަމޫނާ ކައުންސިލެއް ކަމަށާއި ވޭތުވެދިޔަ 2024 ވަނަ އަހަރު ޙާޞިލްކުރި ކާމިޔާބުތަކުން އެހުރީ ފެންނަން ކަމަށެވެ. އެ ކަމަށް ޓަކައި މާލެ ސިޓީކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަޙުމަދު ނަރީޝާއި ހުރިހާ ކައުންސިލަރުންނަށް މޭޔަރ ޢާޒިމް ވަނީ ވަރަށް ޚާއްސަ ޝުކުރެއް ދަންވާފައެވެ.

މި ޝުކުރުގައި މާލެ ސިޓީގެ ޑަބްލިޔު ޑީސީގެ މެމްބަރުންނަށް ވެސް މޭޔަރ ޢާޒިމް ވަނީ ޝާމިލްކުރައައްވައިފައެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ބާކީ އޮތްބައިގައި ވެސް، ވޭތުވެދިޔަ ތަނުގައި ވުވައްޒަފުން ދެއްވި އެއްބާރުލުން ދެއްވައި، ގުޅިގެން މަސައްކަތްކޮށް މާލެ ސިޓީގެ ރައްޔިތުން އުފާވާ ކަހަލަ ޚިދުމަތްތަކެއް ދިނުމަށް މަސައްކަތްކޮށް ދެއްވުމަށް، ހުރިހާ މުވައްޒަފުންނަށް އިލްތިމާސްކުރައްވައިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްމާރުކޭޓު އިމާރާތުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާނަމަ، ފިޔަވަޅު އަޅަނީޚަބަރު | 15 ދުވަސް ކުރިންމާލެ ސިޓީން ފާއިތުވި 2 ދުވަހު 1.75 ޓަނުގެ ކުނި ނަގައިފިޚަބަރު | މަހެއް ކުރިންސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ބިންތަކުގެ ތަފުޞީލު ހާމަކުރަން ނިންމައިފި ޚަބަރު | މަހެއް ކުރިންމާފަންނު ސަހަރާ ކޮނެ ސާފުކޮށް، ބައިބަލާ މައިދާނެއް އެޅުމުން އާންމުންގެ ކަންބޮޑުވުންޚަބަރު | 6 މަސް ކުރިން