logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެންޑްރިކް އާއި ވާދައަށް ގެނައި ޓައިގްރީނޯ ދަތްކޮޅު އުފުރާލުމަށްފަހު އަނބުރާ ބްރެޒިލްއަށް

އަބްދުﷲ ޣާނިމް
1 މާރިޗު 2025 - 07:15
ރޯކް ވަނީ އަނބުރާ ބްރެޒިލް ލީގަށް ގޮސްފައި. ފޮޓޯ: ފަބްރީޒިއޯ
ރޯކް ވަނީ އަނބުރާ ބްރެޒިލް ލީގަށް ގޮސްފައި. ފޮޓޯ: ފަބްރީޒިއޯ

2023 ވަނަ އަހަރުގައި ބްރެޒިލް ލީގު ޕަލްމެއިރާސް އިން ލީގު ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކުރި އަދި ލީގުގެ އެންމެ މޮޅުޒުވާން ކުޅުންތެރިޔަކަށް ހޮވުނު އެންޑްރިކް ގެ ސޮއި ހޯދުމަށް ރެއާލް އާއި ބާސެލޯނާ ކުރި މަސައްކަތް ބާސެލޯނާއި ނާކާމިޔާބުވުމާއެކު، ވާދައަށް އެތްލެޓިކޯ ޕަރަނައިސްގެ ޒުވާން ކުޅުންތެރިޔާ ވިކްޓޯ ރޯކްގެ ސޮއި 30 މިލިޔަނަށް ބާސެލޯނާއިން ވަނީ ޖެހިގެން އައި ޓްރާންސްފަރ މާކެޓްގައި ހޯދާފައެވެ.


ވިޓޯ ރޯކްގެ ސޮޔާއެކު ބާސެލޯނާގެ މެނޭޖްމަންޓާއި ސަޕޯޓަރުން ބޮޑެތި އުއްމީދުތަކެއް ކުރަމުންގެންދިޔައެވެ. ޒަވީ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން ކުޅެމުން ގެންދިޔަ ބާސެލޯނާއިން އޭރު 18 އަހަރުގެ ރޯކް އަށް ޖާގަލިބުނީ ބެންޗުންނެވެ. ޒަވީގެ ޕްލޭންގައި ހިމެނިފައި ނެތުމުން މުޅި ސީޒަން ނިންމާލަންޖެހުނީ ބެންޗުގައެވެ. އަދި ސަޕޯޓަރުން ނާއި ބާސެލޯނާގެ މެނޭޖްމަންޓުންވެސް ޒަވީ ވިޓޯ ރޯކްއަށް އެކަށީގެންވާވަރަށް މިނެޓު ނުދޭކަމުގެ ޝަކުވާއާއެކު، ޖެހިގެން އައި ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ރޯކް ވަނީ 1 އަހަރުދުވަހަށް ރެއާލް ބެޓިސްއަށް ބަދަލުވެފައެވެ. ރޯކް ބޭނުންވީ އޭނާގެ ކުޅުމާއި ފެންވަރު ލަލީގާގައި ސާބިތުކޮށްދިނުމެވެ. ނަމަވެސް ސީޒަނުގެ ކުރީކޮޅުގައި ފުރަތަމަ 11 އިން ރޯކް އަށް ޖާގަލިބުނުނަމަވެސް ދެތިންމެޗާއެކު ރޯކްގެ ޖާގަ ވަނީ ގެއްލިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation


މިއާއެކު ބްރެޒިލްގެ ޕަލްމެއިރާސް އިންވަނީ 25.5 މިލިޔަން ޔޫރޯއަގެއް ހުށަހަޅައި ރޯކްގެ ސޮއި ހޯދާފައެވެ. އެހެންކަމުން މިއީ ރޯކް ގެ ކެރިއަރު އަލުން ނަގައި ކޮޅަށްޖެހުމަށް ކުޅުންތެރިޔާއަށް ލިބުނު ރަނުގެ ފުރުސަތެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

10 ކުޅުންތެރިންނާއެކު ކުޅުނު ސޮސިޑޭޑްއަތުން ބާސާ ބަލިވެ ރެއާލް އާއި ދެމެދު ފަރަޤު އެންމެ ޕޮއިންޓަކަށްކުޅިވަރު | 10 ގަޑިއިރު ކުރިންބާސެލޯނާގެ ޒުޥާން ކުޅުންތެރިޔާ ޑްރޯ ފެނާންޑޭޒް ޕީއެސްޖީއަށް ބަދަލުވަނީކުޅިވަރު | 2 ދުވަސް ކުރިންއެތުލެޓިކް ކްލަބް ބަލިކޮށް ބާސެލޯނާ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލަށް ދަތުރުކޮށްފިކުޅިވަރު | 12 ދުވަސް ކުރިންއުނދަގޫ މެޗަކަށްފަހު ފަހުވަގުތުގެ ދެގޯލާއެކު ބާސެލޯނާ ކެޓަލޯނިއާ ޑާބީ ކާމިޔާބުކޮށްފިކުޅިވަރު | 15 ދުވަސް ކުރިން