logo
Bank of Maldives

Bank of Maldives

ޚަބަރު

ބާޒާރުގެ އަގުތައް އެނގޭނެ "އަގުމަގު ޕޯޓަލް" ލޯންޗްކޮށްފި

"އަގުމަގު ޕޯޓަލް" ލޯންޗްކުރުމުގެ ތެރެއިން --- ފޮޓޯ: ޕީއެސްއެމް ނިއުސް
"އަގުމަގު ޕޯޓަލް" ލޯންޗްކުރުމުގެ ތެރެއިން --- ފޮޓޯ: ޕީއެސްއެމް ނިއުސް

ބާޒާރުގައި ތަކެތީގެ އަގު ހުރިނެތްގޮތް ބަލާލެވޭނެ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ފަރުމާކުރި "އަގުމަގު" ޕޯޓަލް ކޮށްފި އެވެ.  މި ޕޯޓަލް ލޯންޗްކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

މި އެޕްލިކޭޝަންގެ ބޭނުމަކީ އަސާސީ ކާބޯތަކެތި ރައްޔިތުންނަށް އަގުހެޔޮކޮށް ފޯރުކޮށްދޭނެ އެވެ. މި ޕޯޓަލް މެދުވެރިކޮށް އަސާސީ ކާބޯތަކެތީގެ ހެޔޮ އަގުތައް އެއް ތަނަކުން ފޯރުކޮށްދެވޭނެ އެވެ.

މި ޕޯޓަލުން އަގުތައް ފެންނަން ހުންނާނީ އިކޮނޮމިކް މިނިސްޓްރީ އާއި ވުޒާރާގެ އިންސްޕެކްޝަން ޓީމްތަކުން ކޮންމެ ހަފްތާއަކު ފިހާރަތަކަށާއި ބާޒާރުތަކަށްގޮސް އެއްކުރާ މައުލޫމާތުގެ މައްޗަށެވެ. 

Ad by Hajj Corporation

Ad by Hajj Corporation

މި ޕޯޓަލްގައިވާ އަސާސީ ކާބޯތަކެއްޗަކީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އަސާސީ ކާބޯތަކެތިކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ލިސްޓެއްކަމަށެވެ. މިވަގުތު މި ލިސްޓުގައި ހިމަނާފައިވަނީ މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ތަކެތި ލިބެންހުރި އަގުތަކެވެ. ނަމަވެސް ކުރިއަށްއޮތްތަނުގައި އަތޮޅުތަކުގެ ރަށްތަކުގެ އަގުތައްވެސް ހިމަނާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި އިންވެސްޓުކޮށްގެން ދިރިއުޅެވޭ ޕްރޮގްރާމް އޭޕްރީލް މަހު ފަށަނީޚަބަރު | 4 ގަޑިއިރު ކުރިން 700 އަށްވުރެ ގިނަ ބައިވެރިންނާއެކު އަލީބާބާ ވޯކްޝޮޕް ފަށައިފި ޚަބަރު | 2 މަސް ކުރިންއަލިބާބާގެ ވޯކްޝޮޕް ރަޖިސްޓަރީ ގައި 448 ބައިވެރިން, އަންގާރަދުވަހު ފަށަނީޚަބަރު | 2 މަސް ކުރިންބާޒާރުގެ އަގުތައް އެނގޭނެ "އަގުމަގު ޕޯޓަލް" ލޯންޗްކޮށްފިޚަބަރު | 8 މަސް ކުރިން