logo
MPL

MPL

ކުޅިވަރު

އެފްއޭ ކަޕްގައި ޕްލިމަތު އާގައިލް ބަލިކޮށް މެންޗެސްޓަރ ސިޓީ ކުއާޓަރ ފައިނަލަށް

އަބްދުﷲ ޣާނިމް
2 މާރިޗު 2025 - 06:33
ސިޓީގެ އެކަޑެމީ ކުޅުންތެރިޔާ ވަނީ ރޭގައި ދެގޯލުޖަހާފައި. ފޮޓޯ: މެންޗެސްޓަރ ސިޓީ
ސިޓީގެ އެކަޑެމީ ކުޅުންތެރިޔާ ވަނީ ރޭގައި ދެގޯލުޖަހާފައި. ފޮޓޯ: މެންޗެސްޓަރ ސިޓީ

އިނގިރޭސި އެފް.އޭ ކަޕުގެ 4 ވަނަ ބުރުން ލިވަރޕޫލް ކަޓުވާލުމަށްފަހު މިހާތަނަށް އައިސްފައިވާ ދެވަނަ ޑިވިޝަނުގެ ރެލިގޭޝަނުގައި އޮތް ޕްލިމަތު އާގައިލް ބަލިކޮށް މެންޗެސްޓަރ ސިޓީ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރޭގައި ސިޓީގެ ދަނޑުގައި ކުޅެވުނު މިމެޗުގައި ސިޓީގެ ނީކޯ އޯރެއިލީ ޖެހި ދެ ލަނޑުގެ އެހީގައި މެންޗެސްޓަރ ސިޓީން ވަނީ 3-1 އިން މެޗު ކާމިޔާބުކޮށްފައެވެ.

މެޗުގެ ފުރަތަމަ ބައިގައި މަކްސިމް ޓަލޮވިއެރޮވްގެ ލަނޑުން ޕްލިމަތު އާގައިލް ކުރިއަށް ދިޔަ ނަމަވެސް، ސިޓީގެ ޕްރެޝަރުގެ ސަބަބުން އެ ލީޑް ދެމެހެއްޓޭގޮތް ނުވިއެވެ. ފުރަތަމަ ބައި ނިމުމުގެ ކުރިން އޯރެއިލީގެ ލަނޑުން ސްކޯ އެއްވަރުކުރުމަށްފަހު، ދެވަނަ ބައިގައި އޭނާގެ ދެވަނަ ލަނޑާއި ކެވިން ޑި ބްރޫއިންގެ ލަނޑުން މެޗު ނިންމާލިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފެށިގެން ނިމުމާއި ހަމައަށް ސިޓީއިން ވަނީ ވަރުގަދަ ކުޅުމެއް ކުޅެފައެވެ.ނަމަވެސް މެޗުގެ 38 ވަނަ މިނެޓުގައި ޕްލައިމައުތްގެ ޓަލޮވިއެރޮވް ޖެހި ލަނޑުން ޕްލިމަތުވަނީ ލީޑު ނަގާފައެވެ. ނަމަވެސް ފުރަތަމަ ހާފުގައި އޮރައިލީގެ ގޯލުން ނަތީޖާ ހަމަކޮށް، އިތުރު ދެގޯލް ދެވަނަ ހާފުގައި ވަނީ ޖަހާފައެވެ.

އެފްއޭ ކަޕަކީ މި ސީޒަންގައި ސިޓީއަށް ތަށިލިބުމުގެ ފުރުސަތުއޮތް ހަމައެކަނި މުބާރާތެވެ. މީގެކުރިން ސިޓީ ވަނީ ލީގު ކަޕާއި ޗެންޕިއަންސް ލީގުން ކަޓާފައެވެ. އަދި ލީގުގައި ސިޓީ އޮތީ އެއްވަނައިގައިވާ ލިވަރޕޫލަށްވުރެ 20 ޕޮއިންޓް ދަށުގައި ތާވަލުގެ 4 ވަނައިގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕެނަލްޓީގައި ބްރައިޓަން ބަލިކޮށް، ސިޓީ ކުއާޓާ ފައިނަލަށްކުޅިވަރު | 3 ދުވަސް ކުރިންބެންޗުޓީމު އަރުވައިގެން ފޮނު އަރުވަނިކޮށް އާސެނަލް ހަތަރުވަނަ ޑިވިޝަނުގެ ޓީމެއް އަތުންބަލިވެ ކަޓައިފިކުޅިވަރު | 4 ދުވަސް ކުރިންމެންޗެސްޓަރ ސިޓީ ޕްރީމިއަރ ލީގުން ބޭރުކުރުމަށްފަހު ޔޫރަޕުގެ މުބާރާތްތަކުން ސަސްޕެންޑްކުރަނީކުޅިވަރު | 12 ދުވަސް ކުރިންހާލަންޑްގެ ދެ ލަނޑާއެކު ސިޓީން ލީގުގައި ސައްތައިން ސައްތަ ރެކޯޑް ދަމަހައްޓައިފިކުޅިވަރު | 14 ދުވަސް ކުރިން