logo
MPL

MPL

ޚަބަރު

މި ވަގުތު ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލެވެން ނެތް ކަމަށް ސިޓީ ކައުންސިލުން ބުނެފި

ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލާން ކޮނެފައިވާ ކަށްވަޅެއް: ކަށްވަޅުގައި 8 އިންޗި އާއި 9 އިންޗިއާއި ދެމެދު ފެން އެބަހުރި--ފޮޓޯ: މާލެ ސިޓީ ކައުންސިލް
ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލާން ކޮނެފައިވާ ކަށްވަޅެއް: ކަށްވަޅުގައި 8 އިންޗި އާއި 9 އިންޗިއާއި ދެމެދު ފެން އެބަހުރި--ފޮޓޯ: މާލެ ސިޓީ ކައުންސިލް

މި ވަގުތު ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލެވެން ނެތްކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި މި ވަގުތު ކޮންނަމުންދާ ކަށްވަޅުގައި 8 އިންޗި އާއި 9 އިންޗިއާއި ދެމެދު ފެން އޮތުމުން މައްޔިތާ ވަޅުލެވެން ނެތްކަމަށެވެ. އެހެންކަމުން މިއަދު މަޢްރިބް ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މައްޔިތާ ވަޅުލުން މިހާރު ވަނީ މާލެ އާސަހަރާއަށް ބަދަލު ކުރެވިފާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފާއިތުވި 24 ގަޑިއިރު މާލ؛ެ ސަރަހަށްދަށް ވަނި ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެފައެވެ. އެހެންކަމުން މާލޭ ސަރަހައްދުގެ ފެންބޮޑުވެފައިވާ ސަރަހައްދުތައް އާންމު ހާލަތަށް ގެނައުމަށް އެމްއެންޑީއެފުން ވަނީ ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ކުރިން ހާމަކޮށްފައިވާ ގޮތުގައި، މާދަމާއާއި ހަމައަށް ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެއެވެ. ވަކިން ޚާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ވައިވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ޣާލިބުގެ ޢަމަލުން ދައްކުވައިދެނީ އެމްޑީޕީގެ ފެންވަރާއި ޣާލިބް މަގާމަށް ކުފޫ ހަމަނުވާކަން!ޚަބަރު | މަހެއް ކުރިންހުޅުމާލޭގެ ދެ މިސްކިތެއްގެ ހާލަތު މޭޔަރާއި ކައުންސިލަރުން ބައްލަވާލައްވައިފިޚަބަރު | 5 މަސް ކުރިންއޮޑިޓް ރިޕޯޓް ލަސްވަމުންދާތީ މާލެ ސިޓީ ކައުންސިލުން އޮޑިޓަރ ޖެނެރަލް އޮފީހުގެ އިސްވެރިންނާ ބައްދަލުކޮށްފިޚަބަރު | 5 މަސް ކުރިންހަފުތާއެއް ތެރޭގައި މާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން 516 މައްސަލަ ބަލައިފިޚަބަރު | 5 މަސް ކުރިން