logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަހަރުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ

އަޙްމަދު ޒަލީފް
2 މާރިޗު 2025 - 12:55
މިއަހަރުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ

މި އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމްތަކުގެ ފުރަތަމަ ފޯރަމް މިރޭ އޮންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ އޮންނަ ފޯރަމްގެ މަޢުޟޫއަކީ "ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުން ކުރުން" މިއެވެ. މިރޭގެ ފޯރަމްގައި ތަޤުރީރުކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. ފޯރަމް ފަށާނީ 21:30 ގައެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ސްކޫލް ދަރިވަރުންގެ އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މި ފަހަރު 6 ސްކޫލަކުން ބައިވެރިވެއެވެ. ދަރިވަރުންގެ ފޯރަމްތައް އޮންނާނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހެއްގެ ރޭގަނޑުއެވެ.

މީގެ އިތުރުން ޕްރޮޕޯސަލުން ހޮވުނު މާލެއިން ބޭރުން 7 ރަށެއްގައިވެސް އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އެ 7 ރަށަކީ ފުވައްމުލަކު ސިޓީ، ހދ. ނާވައިދޫ، ނ. މަނަދޫ، ތ. ގުރައިދޫ، ހއ. ބާރަށް، ގދ. ގައްދޫގެ އިތުރުން ރ. މީދޫއެވެ. މި ފޯރަމްތައް އޮންނާނީ ކޮންމެ ހުކުރު އަދި އަންގާރަ ދުވަހެއްގެ ރޭގަނޑެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މި އަހަރު ދެން ބާއްވާ 7 ފޯރަމްގައި ތަޤުރީރުކުރައްވާނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ފަޟީލަތުއްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ޙުސައިން، އައްޝައިޚް މުޙައްމަދު ޤުބާދު އަބޫބަކުރު، ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފު، ޑރ. މޫސާ ޢަންވަރު ޙަސަން، ޑރ. އަނާރާ ނަޢީމުގެ އިތުރުން ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާޞިމް ކަމަށެވެ. މި ފޯރަމްތައް އޮންނާނީ ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހުގެ ރޭގަނޑެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި އަހަރުގެ އިޙްޔާ ފޯރަމްތައް ބާއްވާ ރަށްތަކާއި ތާވަލު ހާމަކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންމިރޭ ފަހު އިޙްޔާ ފޯރަމް، ތަޤުރީރު ކުރައްވާނީ ޑރ. ޢަލީ ޒާހިރުޚަބަރު | 10 މަސް ކުރިންއިޙްޔާ ފޯރަމް މިރޭ ރ. މީދޫގައި، ތަޤުރީރު ކުރައްވާނީ ޝައިޚް ޢާޒިމް ޚާލިދުޚަބަރު | އަހަރެއް ކުރިން"ރޯދަމަހަކީ ހަމައެކަނި ކެއުން ބުއިމަށް އަހައްމިއްޔަތުކަން ދޭ މަހަކަށް ނުހައްދަވާ"ޚަބަރު | އަހަރެއް ކުރިން