logo
Bank of Maldives

Bank of Maldives

ޚަބަރު

މިރޭ ފަހު އިޙްޔާ ފޯރަމް، ތަޤުރީރު ކުރައްވާނީ ޑރ. ޢަލީ ޒާހިރު

މިރޭ ފަހު އިޙްޔާ ފޯރަމް، މި ފޯރަމް ތަޤުރީރު ކުރައްވާނީ ޑރ. ޢަލީ ޒާހިރު --ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
މިރޭ ފަހު އިޙްޔާ ފޯރަމް، މި ފޯރަމް ތަޤުރީރު ކުރައްވާނީ ޑރ. ޢަލީ ޒާހިރު --ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފަހު ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.

މި ފޯރަމްގައި "އިސްލާމީ ތަޢުލީމީ ނިޒާމް" މި މަޢުޟޫއަށް ތަޤުރީރު ކުރައްވާނީ  އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ. މި އިޙްޔާ ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:30 ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އިޙްޔާ ފޯރަމްއަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ގުރުއަތުން ހޮވޭ ބޭފުޅުންނަށް ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއް ވަނައަށް ދާ ފަރާތަކަށް ބީއެމްއެލް އިސްލާމިކްއިން ހުށައަޅާފައިވާ 1500 ރުފިޔާގެ ގިފްޓު ކާޑެއް، ދެވަނައަށް ބީއެމްއެލް އިސްލާމިކްއިން ހުށައަޅާފައިވާ 1000 ރުފިޔާގެ ގިފްޓު ކާޑެއް، ތިންވަނައަށް ދާ ފަރާތްތަކަށް ބީއެމްއެލް އިސްލާމިކްއިން ހުށައަޅާފައިވާ 700 ރުފިޔާގެ ގިފްޓު ކާޑެއް އަދި ހަތަރުވަަނައަށް ބީއެމްއެލް އިސްލާމިކްއިން ހުށައަޅާފައިވާ 500 ރުފިޔާގެ ގިފްޓު ކާޑެއްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިނާމެއްގެ ގޮތުގައި ރިޔާޟުއްޞާލިޙީން އަދި ފިޤުޙުއްސުންނާ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި އިނާމުތައް ދެނީ އަންހެން އަދި ފިރިހެން ވަކިންނެވެ.

މި ރަމަޟާން މަހު މާލޭގައި އަށް އިޙްޔާ ފޯރަމް، އަދި އަތޮޅުތެރޭގެ ހަތް ރަށެއްގައި އިޙްޔާ ފޯރަމް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން ހަ ސްކޫލްއަކާއެކު ދަރިވަރުންގެ އިޙްޔާ ފޯރަމްވެސް މިއަހަރު ބަނީ ބާއްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި އަހަރުގެ އިޙްޔާ ފޯރަމްތައް ބާއްވާ ރަށްތަކާއި ތާވަލު ހާމަކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންހިފްޒު ކްލާސްތަކުގައި 1800 ދަރިވަރުން؛ ރާއްޖޭގެ ކުރިމަގު ފެންނަނީ އުޖާލާކޮށް!ޚަބަރު | 8 ގަޑިއިރު ކުރިންތުނޑީ ބަނދަރު މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފިޚަބަރު | 4 ދުވަސް ކުރިން3 ރަށެއްގައި އިސްލާމީ މަރުކަޒު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 20 ދުވަސް ކުރިން