logo
Bank of Maldives

Bank of Maldives

ޚަބަރު

"ރޯދަމަހަކީ ހަމައެކަނި ކެއުން ބުއިމަށް އަހައްމިއްޔަތުކަން ދޭ މަހަކަށް ނުހައްދަވާ"

އަޙްމަދު ޒަލީފް
5 މާރިޗު 2025 - 12:31
"ރޯދަމަހަކީ ހަމައެކަނި ކެއުން ބުއިމަށް އަހައްމިއްޔަތުކަން ދޭ މަހަކަށް ނުހައްދަވާ"

ރޯދަމަހަކީ ހަމައެކަނި ކެއުން ބުއިމަށް އަހައްމިއްޔަތުކަން ދޭ މަހަކަށް ނުހަދައި، މި މާތް މަހުގައި އަޅުކަންތަކަށް އިތުރު ސަމާލުކަމެއް ދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން ވިދާޅުވެއްޖެއެވެ.

އުސްތާޛު ސަޢުދާން މިހެން ވިދާޅުވީ "ނުރަނގަޅު އާދަތައް ދޫކުރުން" މި މަޢުޟޫއަށް ގދ. ގައްދޫގައި ރޭ ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމްގައި ތަޤުރީރު ކުރައްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްލާމީ ކަންތައްތަކާ ބޭހޭ ވުޒާރާއިން މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް އަދި އަތޮޅުތެރޭގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން އަތޮޅުތެރޭގެ އިޙްޔާ ފޯރަމް އޮންނާނީ ގައްދޫގެ އިތުރުން ހދ. ނާވައިދޫ، ތ. ގުރައިދޫ، ފުވައްމުލަކު ސިޓީ، ހއ. ބާރަށް، ނ. މަނަދޫގެ އިތުރުން ރ. މީދޫގައެވެ.

މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ސަޢުދާން ވިދާޅުވީ އިސްރާފްކުރުމުގައި ހިމެނެނީ ކާބޯތަކެތި އެކަނި ނޫންކަމަށާއި، އެކި މުނާސަބުތަކާ ގުޅިގެން ފަރުނީޗަރު ފަދަ ތަކެތި އާކުރާއިރު، ބޭނުން ހިފޭ ތަކެތިވެސް އިސްރާފުވާގޮތަށް އުކާލާކަން ފާހަގަކުރެވޭކަމަށެވެ. އެހެންކަމުން ވީހާވެސް އިސްރާފު ކުޑަކުރުމަށް އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން އެދިވަޑައިގެންނެވިއެވެ.

މި ފޯރަމްގައި އިސްރާފުނުކުރުމުގެ އިތުރުން، ދޮގު ވާހަކަ ފެތުރުމާއި، މުދަލަށް ޚިޔާނާތްތެރިވުމުގެ ނުބައިކަމުގެ މައްޗަށްވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ދޫ ރައްކާތެރިކޮށް، ދޮގު ވާހަކަތައް ނުފެތުރުމަށްވެސް އަލްއުސްތާޛު ސަޢުދާންގެ ވާހަކަފުޅުގައި ބަޔާންކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިރޭ ފަހު އިޙްޔާ ފޯރަމް، ތަޤުރީރު ކުރައްވާނީ ޑރ. ޢަލީ ޒާހިރުޚަބަރު | 10 މަސް ކުރިންއިޙްޔާ ފޯރަމް މިރޭ ރ. މީދޫގައި، ތަޤުރީރު ކުރައްވާނީ ޝައިޚް ޢާޒިމް ޚާލިދުޚަބަރު | އަހަރެއް ކުރިން"ރޯދަމަހަކީ ހަމައެކަނި ކެއުން ބުއިމަށް އަހައްމިއްޔަތުކަން ދޭ މަހަކަށް ނުހައްދަވާ"ޚަބަރު | އަހަރެއް ކުރިންމިއަހަރުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭޚަބަރު | އަހަރެއް ކުރިން