logo
ކުޅިވަރު

ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރާނެ ޓީމުތައް ކަށަވަރުވެއްޖެ

އަބްދުﷲ ޣާނިމް
3 މާރިޗު 2025 - 08:07
ސެމީގައި ވާދަކުރާނެ ޓީމުތައް، ފޮޓޯ: ބީ.ބީ.ސީ
ސެމީގައި ވާދަކުރާނެ ޓީމުތައް، ފޮޓޯ: ބީ.ބީ.ސީ

ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރާނެ ޓީމުތައް ކަށަވަރުވެއްޖެއެވެ. އެގޮތުން ނިއުޒިލެންޑް އަތުން 44 ލަނޑުން މޮޅުވުމާއެކު މުބާރާތުގެ ސެމީ ފައިނަލްގައި އިންޑިއާ ވާދަކުރަން ޖެހުނީ ގްރޫޕް ބީގެ ދެވަނަ ޓީމު އޮސްޓްރޭލިއާއާއެވެ. އަނެއް ސެމީ ފައިނަލްގައި ނިއުޒިލެންޑް ވާދަކުރަން ޖެހޭނީ ގްރޫޕް އޭގެ އެއްވަނަ ދެކުނު އެފްރިކާއާއެވެ.

ސެމީ ފައިނަލް މެޗުތައް މިގޮތަށް ކުޅެން ޖެހުމުން އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވަނީ ނިއުޒިލެންޑާއި ދެކުނު އެފްރިކާއަށެވެ. މި ދެ ގައުމަށް މިހާރު ޖެހިފައިވަނީ މެޗު ކުޅެން ޕާކިސްތާނުގެ ލާހޯރަށް އެނބުރި އަންނާށެވެ. ނިއުޒިލޭންޑާއި އިންޑިޔާ މެޗު ކުޅުނީ ދުބާއީގައެވެ. އިންޑިޔާއާ ވާދަކުރަން ޖެހިދާނެ ކަމަށް ބަލައި، ދަނޑަށާއި މާހައުލަށް ފަރިތަވުމުގެ ގޮތުން ދެކުނު އެފްރިކާ ވެސް އެއިރު ތިބީ ދުބާއީގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުބާރާތް ޕާކިސްތާނުގައި ބޭއްވި ނަމަވެސް އިންޑިޔާގެ ހުރިހާ މެޗެއް ދުބާއީގައި ކުޅެން ހަމަޖައްސާފައިވަނީ އިންޑިޔާގެ ސަރުކާރުން އެ ގައުމުގެ ގައުމީ ޓީމު ޕާކިސްތާނަށް ނުފޮނުވަން ނިންމާފައިވާތީއެވެ. މިހެންވެ ގްރޫޕް ސްޓޭޖުގައި އިންޑިޔާއާ ދެކޮޅަށް ކުޅެން ޕާކިސްތާން ވެސް ޖެހުނީ ދުބާއީ އަށް ދަތުރުކުރާށެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗު އޮންނާނީ އަންގާރަ ދުވަހު ދުބާއީގައެވެ. އެއީ އިންޑިޔާ އާއި އޮސްޓްރޭލިޔާ ކުޅޭ މެޗެވެ. ނިއުޒީލޭންޑާއި ދެކުނު އެފްރިކާ ކުޅޭ މެޗު އޮންނާނީ ބުދަ ދުވަހުއެވެ. މުބާރާތުގެ ފައިނަލް މެޗު އިންނާނީ އަންނަ އާދީއްތަ ދުވަހުއެވެ. އިންޑިޔާ ފައިނަލަށް ނުގޮސްފިނަމަ ފައިނަލް މެޗު ކުޅޭނީ ޕާކިސްތާނުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮމްފެނީ ޓޭޕްބޯލް ޗެންޕިއަންކަން ހިރާސާ ކެމިސްޓަށްކުޅިވަރު | 5 މަސް ކުރިންއިންޑިއާގެ އެންމެ އަގުބޮޑު އަދި އެންމެ ކާމިޔާބު ކުލަބުގެ ޓްރެވަލް ޕާރޓްނަރަކަށް ރާއްޖެކުޅިވަރު | 6 މަސް ކުރިންތަށި ލިބިއްޖެނަމަ ރޯހިތާއި ވިރާޓް ރިޓަޔާކުރަނީކުޅިވަރު | 6 މަސް ކުރިންޗެމްޕިއަންސް ޓްރޮފީގެ ފައިނަލަށް އިންޑިއާ ދަތުރުކޮށްފިކުޅިވަރު | 6 މަސް ކުރިން