logo
ކުޅިވަރު

ފަތަހަ ބަލިކޮށް ކޮމްޕެނީ ޓޭޕްބޯލް މުބާރާތުގެ ޗެމްޕިއަންކަން ހިރާސާ ކެމިސްޓަށް

އަބްދުﷲ ޣާނިމް
31 މާރިޗު 2025 - 03:11
ހިރާސާ ކެމިސްޓް. ފޮޓޯ: ކްރިކެޓް ބޯޑް
ހިރާސާ ކެމިސްޓް. ފޮޓޯ: ކްރިކެޓް ބޯޑް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލްގެ ކޮމްޕެނީ ޓޭޕްބޯލް މުބާރާތުގެ ޗެމްޕިއަންކަން ހިރާސާ ކެމިސްޓުން ވަނީ ހޯދައިފައެވެ. މި މުބާރާތުގެ ފައިނަލްގައި ހިރާސާ ކެމިސްޓުން ވަނީ ފަތަހަ މޯލް ހަ ވިކެޓުން ބަލިކޮށްފައެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ފުރަތަމަ ކުޅެން އެރި ފަތަހަ މޯލުން އަށް އޯވަރުގައި ހަތް ވިކެޓު ގެއްލިގެން ހެދީ 75 ލަނޑެވެ. އެ ޓީމުގެ ފަރާތުން ރަކީބް ވަނީ އަށް ބޯޅައިން 39 ލަނޑު ހަދައިފައެވެ. ހިރާސާ ކެމިސްޓުގެ ދިނޭޝް އާއި ސިމިއޯން ވަނީ ދެ ވިކެޓު ބެހިގެން ނަގާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖަވާބުގައި ކުޅެން އެރި ހިރާސާ ކެމިސްޓުން ވަނީ ހަވަނަ އޯވަރުގައި ދެ ވިކެޓު ގެއްލިގެން 83 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ފަރާތުން ޕްރިންސް އަށް ބޯޅައިން 36 ލަނޑު ހަދައި، ސަލީމް ނުވަ ބޯޅައިން 23 ލަނޑު ހަދައިފައިވެއެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިޔާ އަދި އެންމެ ގިނަ ވިކެޓު ނެގި އުކުންތެރިޔާގެ މަގާމު ދެވުނީ ފަތަހަ މޯލްގެ ސައިދުލް އިސްލާމް އަށެވެ. އަދި އެންމެ ގިނަ ބޯޅަ ހިފި ހޮވުންތެރިޔާގެ މަގާމު ހޯދީ އެ ޓީމުގެ ނޫރު އާލަމް އެވެ.

މި އަހަރުގެ ރަމަޟާން ކްރިކެޓް ކާނިވަލްގައި ކުޅުނު އެހެން މުބާރާތްތަކުން، އޯޕަން ޓޭޕްބޯލް މުބާރާތުގެ ޗެމްޕިއަންކަން އެމްއޭސީއެލްއިން ހޯދިއިރު، އޮފީސް ޓޭޕްބޯލް މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އިން ވަނީ ހޯދާފައެވެ.

 

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮމްފެނީ ޓޭޕްބޯލް ޗެންޕިއަންކަން ހިރާސާ ކެމިސްޓަށްކުޅިވަރު | 5 މަސް ކުރިންއިންޑިއާގެ އެންމެ އަގުބޮޑު އަދި އެންމެ ކާމިޔާބު ކުލަބުގެ ޓްރެވަލް ޕާރޓްނަރަކަށް ރާއްޖެކުޅިވަރު | 6 މަސް ކުރިންތަށި ލިބިއްޖެނަމަ ރޯހިތާއި ވިރާޓް ރިޓަޔާކުރަނީކުޅިވަރު | 6 މަސް ކުރިންޗެމްޕިއަންސް ޓްރޮފީގެ ފައިނަލަށް އިންޑިއާ ދަތުރުކޮށްފިކުޅިވަރު | 6 މަސް ކުރިން