logo
ކުޅިވަރު

ޗެމްޕިއަންސް ޓްރޮފީގެ ފައިނަލަށް އިންޑިއާ ދަތުރުކޮށްފި

އަބްދުﷲ ޣާނިމް
5 މާރިޗު 2025 - 08:46
ޗެމްޕިއަންސް ޓްރޮފީގެ ފައިނަލަށް އިންޑިއާވަނީ ދަތުރުކޮށްފައި. ފޮޓޯ: އައިސީސީ
ޗެމްޕިއަންސް ޓްރޮފީގެ ފައިނަލަށް އިންޑިއާވަނީ ދަތުރުކޮށްފައި. ފޮޓޯ: އައިސީސީ

ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލްގައި އޮސްޓްރޭލިއާ ބަލިކޮށް، އެއްވެސް މެޗަކުން ބަލިނުވެ އިންޑިއާ ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ. ދުބާއީގައި އިއްޔެ ކުޅުނު މި މެޗުގައި އިންޑިއާ ވަނީ ތިން ލަނޑުގެ ކުރި ލީޑަކުން އޮސްޓްރޭލިއާ ބަލިކޮށްފައެވެ.

ކްރިކެޓްގެ އެންމެ ކާމިޔާބު ދެ ގައުމުގެ ވާދަވެރި ކުރިމަތިލުމުގައި އިންޑިއާއިން 48.1 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 267 ލަނޑު ހެދިއެވެ. މެޗުގެ ޓޮސް ކާމިޔާބުކޮށް ބެޓްކުރަން އެރި އޮސްޓްރޭލިއާއަށް 49.3 އޯވަރުގެ ތެރޭގައި އެންމެން ނުބައިވެގެން ހެދުނީ 264 ލަނޑެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންޑިއާގެ މޮޅު ކުޅުމުގައި އެންމެ ފާހަގަކޮށްލެވުނު ދެ ބެޓްސްމަނުންނަކީ ކެޕްޓަން ރޯހިތް ޝަރުމާ އާއި ވިރާތް ކޯލީ އެވެ. ޝަރުމާ 29 ބޯޅައިން 28 ލަނޑު ހެދިއިރު، ކޯލީ ވަނީ 98 ބޯޅައިން 84 ލަނޑު ހަދައިފައެވެ. އޮސްޓްރޭލިއާ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 96 ބޯޅައިން 73 ލަނޑު ހެދި ސްމިތާއި 57 ބޯޅައިން 61 ލަނޑު ހެދި ކަރޭއެވެ.

ބޯލިންގ އިން އިންޑިއާގެ މުހައްމަދު ޝާމީ ވަނީ ތިން ވިކެޓް ނަގައި އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދައްކައިފައެވެ. އޮސްޓްރޭލިއާގެ އެކިސް އާއި ޒަމްޕާ ވެސް ދެ ވިކެޓް ނެގިއެވެ.

ޕާކިސްތާނުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ދުބާއީގައެވެ. އެއީ އިންޑިއާ ސަރުކާރުން އެ ގައުމުގެ ގައުމީ ޓީމު ޕާކިސްތާނަށް ނުފޮނުވަން ނިންމާފައިވާތީއެވެ. އިންޑިއާ ފައިނަލްގައި ވާދަކުރާނީ ނިއުޒިލޭންޑާއި ދެކުނު އެފްރިކާގެ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމާ ދެކޮޅަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮމްފެނީ ޓޭޕްބޯލް ޗެންޕިއަންކަން ހިރާސާ ކެމިސްޓަށްކުޅިވަރު | 5 މަސް ކުރިންއިންޑިއާގެ އެންމެ އަގުބޮޑު އަދި އެންމެ ކާމިޔާބު ކުލަބުގެ ޓްރެވަލް ޕާރޓްނަރަކަށް ރާއްޖެކުޅިވަރު | 6 މަސް ކުރިންތަށި ލިބިއްޖެނަމަ ރޯހިތާއި ވިރާޓް ރިޓަޔާކުރަނީކުޅިވަރު | 6 މަސް ކުރިންޗެމްޕިއަންސް ޓްރޮފީގެ ފައިނަލަށް އިންޑިއާ ދަތުރުކޮށްފިކުޅިވަރު | 6 މަސް ކުރިން