logo
Bank of Maldives

Bank of Maldives

ކުޅިވަރު

އިންޑިއާގެ އެންމެ އަގުބޮޑު އަދި އެންމެ ކާމިޔާބު ކުލަބުގެ ޓްރެވަލް ޕާރޓްނަރަކަށް ރާއްޖެ

އަބްދުﷲ ޣާނިމް
20 މާރިޗު 2025 - 11:45
މިއީ އިންޑިއާގެ މާކެޓަށް އަމާޒުކޮށްގެން މިފަދަ އިޝްތިހާރެއް ކުރެވުނު ފުރަތަމަ ފަހަރު. ފޮޓޯ: އެންޑީޓީވީ
މިއީ އިންޑިއާގެ މާކެޓަށް އަމާޒުކޮށްގެން މިފަދަ އިޝްތިހާރެއް ކުރެވުނު ފުރަތަމަ ފަހަރު. ފޮޓޯ: އެންޑީޓީވީ

އިންޑިއާގެ މަޝްހޫރު ކްރިކެޓް ޓީމު، އަދި އިންޑިޔާގެ ކްރިކެޓުގައި އެންމެ ކާމިޔާބު އަދި އެންމެ އަގުބޮޑު ޓީމު މުމްބާއީ އިންޑިއަންސްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ހަމަޖައްސައިފިއެވެ. މިއީ އެމްއެމްޕީއާރުސީއިން އިންޑިއާ މާކެޓަށް އަމާޒުކޮށްގެން ހެދި މިފަދަ ފުރަތަމަ ޕާޓްނާޝިޕެވެ.

ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ބަޔަކު ބަލާ ކުޅިވަރުކަމަށްވާ ކްރިކެޓާއެކު މި ޕާޓްނާޝިޕް ހެދުމުން، އިންޑިއާގެ އިތުރުން މުޅި ދުނިޔޭގައިވެސް ދިވެހިރާއްޖޭގެ ބްރޭންޑް ހަރުދަނާވެގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ. އިންޑިއާގެ އެންމެ ކާމިޔާބު އަދި އެންމެ އަގުހުރި ފްރެންޗައިޒް ކްރިކެޓްޓީމުކަމަށްވާ މުމްބާއީ އިންޑިއަންސްއަކީ ފަސް ފަހަރު އައިޕީއެލް ޗެމްޕިއަންކަން ހޯދާފައިވާ ޓީމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ކްރިކެޓަކީ މުޅި ދުނިޔޭގެ އެތައް ގައުމެއްގެ އެތައް މިލިއަން ބައެއްގެ ހިތްތަކުގައި ހާއްސަ ޖާގައެއް އޮތް ކުޅިވަރެއް. އިންޑިއާގެ އެންމެ ފާހަގަކޮށްލެވޭ ކްރިކެޓް ޓީމާ ގުޅުމުގެ ސަބަބުން އިންޑިއާ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އިސްކަންދޭ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ވެގެންދާނެ،" އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.

މި ޕާޓްނަޝިޕްގެ ދަށުން މުމްބާއީ އިންޑިއަންސްއާއެކު ޑިޖިޓަލް ޕްރޮމޯޝަންތަކާއި، އޮން ގްރައުންޑް އެކްޓިވޭޝަންތަކާއި، ދިވެހިރާއްޖެ އަކީ އެންމެ މަޤްބޫލް ލަގްޒަރީ ޓްރެވަލް މަންޒިލުގެ ގޮތުގައި ފާހަގަކޮށްދޭ އެކްސްކްލޫސިވް ތަޖުރިބާތައް ހިމެނޭ ގޮތަށް ޝައުގުވެރި ކެމްޕޭންތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިކަމުގެ ސަބަބުން މިއަހަރު 200،000 ފަތުރުވެރިން އިންޑިއާއިން ރާއްޖެ ގެނައުމަށް ކަނޑައަޅައިފައިވާ އަމާޒަށް ވާސިލްވުމަށްވެސް ފަސޭހަވެގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.

މީގެ އިތުރުން މިއަހަރުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެގޮތުން އެމްއެމްޕީއާރުސީ އިން ވަނީ ދުނިޔޭގެ އެންމެ ނަން މަޝްހޫރު ލީގުގެ އެންމެ ވަރުގަދަ އެއް ކުލަބުކަމަށްވާ ލިވަރޕޫލުގެ ޓްރެވަލް ޕާރޓްނަރަށް ވެފައެވެ. އަދި ފުޓްބޯޅައިގެ ޚަބަރުތައް ގެނެސްދޭ ދުނިޔޭގެ އެންމެ މަޝްހޫރު ޖާނަލިސްޓް ފަބްރީޒިއޯ ރާއްޖޭގެ ބްރޭންޑް އެމްބެސެޑަރަކަށް ވެފައިވާކަން ދާދިފަހުން ވަނީ އިޢުލާން ކޮށްފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތާރީހީ ވަގުތުކޮޅެއް: ލިވަޕޫލްއާއި މެންޗެސްޓަރ ބައްދަލުކުރި މެޗުގައި 10 ބަހަކުން ރާއްޖެ ޕްރޮމޯޓުކޮށްފިޚަބަރު | 15 ދުވަސް ކުރިންލިވަޕޫލްއާއި މެންޗެސްޓަރ މިރޭ ބައްދަލުކުރާ މެޗުގައި 10 ބަހަކުން ރާއްޖެ ޕްރޮމޯޓުކުރަނީ ވިޔަފާރި | 15 ދުވަސް ކުރިންރާއްޖޭގެ ގްލޯބަލް އެމްބަސެޑަރުކަން ލިބުމުން ވަރަށް އުފާވޭ، ވަރަށް އަވަހަށް ރާއްޖެ ދާނަން: ކެޓްރީނާޚަބަރު | 23 ދުވަސް ކުރިންއެމްއެމްޕީއާރުސީގެ ނަން "ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް" އަށް ބަދަލުކުރައްވައިފިޚަބަރު | 4 މަސް ކުރިން