logo
Bank of Maldives

Bank of Maldives

ޚަބަރު

އާރްޓީއެލްގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވާން އެމްޓީސީސީ އިން އެދިއްޖެ

އާރްޓީއެލްގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވާން އެމްޓީސީސީ އިން އެދިއްޖެ

އާރްޓީއެލްގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވާން އެމްޓީސީސީ އިން އެދިއްޖެއެވެ.

މިއަދު ސޯޝަލްމީޑިއާގައި "މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުން ދަނީ އާރްޓީއެލް މެދުވެރިކޮށް ތިން މަސް ވަންދެން ހިލޭ ދަތުރުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ބުނާ "ސްމާޓް ކާޑެއް " ވިއްކުމުގެ މަސައްކަތް ކުރަމުން ކަަމަށް އެމްޓީސީސީ އިން ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕޭޖް ގައި ހިންގަމުން ގެންދާ އެއްވެސް ހަރަކާތަކީ އެމްޓީސީސީ އާއި ރާއްޖެ ޓްރާންސްޕޯޓް ލިންކާއި އެއްވެސް ގުޅުމެއް ނެތް ހަރަކާތްތަކެއް ކަން އެމްޓީސީސީ އިން ބުނެފައެވެ. އެމްޓީސީސީގެ ފަރާތުން އައު ޚިދުމަތެއް ނުވަތަ ޕްރޮޑަކްޓެއް ތަޢާރަފުކުރާނަމަ، އެކަމެއް ރަސްމީކޮށް ފެށުމުގެ ކުރިން، ކުންފުނީގެ އޮފިޝަލް ސޯޝަލް މީޑިއާ އަދި އެހެނިހެން މީޑިއާ ޗެނަލްތަކުން އެކަމުގެ މަޢުލޫމާތު ހިއްސާކުރާނެ ވާހަކަ ފާހަގަކުރައްވާފައެވެ.

މިއަދު މިފަދަ ސްކޭމްތައް އާންމުވެފައިވާއިރު، މި ކަންކަމަށް ސަމާލުވުމުގެ ގޮތުން އެމްޓީސީސީ ނުވަތަ އާރްޓީއެލްގެ ނަމުގައި އެއްވެސް ފަރާތަކުން ފޮނުވާ ލިންކްތަކަށް ސަމާލުވުމަށާއ،ި އެފަދަ ފަރާތްތަކާއެކު އެއްވެސް ފައިސާގެ މުޢާމަލާތެއް ނުކުރުމަށް އެމްޓީސީސީ އިން ވަނީ އެދިފައެވެ.

އެ ކުންފުންޏަށް ރައްޔިތުން ކުރާ އިތުބާރުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ނުޙައްޤުން ފައިސާ ހޯދުމަށް ކުރާ މިފަދަ ނާތަހުޒީބު މިޢަމަލު ތައް އެމްޓިސީސީއިން ހަރުކަށި އިބާރާތުން ކުއްވެރިކޮއްފައެވެ. އަދ،ި ދިވެހިރާއްޖޭގެ އިޤުތިސާދައް އިޔާދަނުކުރެވޭނެފަދަ ބޮޑު ގެއްލުން މިފަދަ އަމަލުގެ ސަބަބުން ކުރިމަތިވެދާނެކަމުގައި މި ކުންފުނިން ދެކެމެވެ.

"މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ނަމުގައި ފޭސްބުކް ގައި ހިންގަމުންދާ ޕޭގް ރިޕޯޓްކޮށް، މި ޕޭޖުން ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމަށާއ،ި މި ޕޭޖުން ފޮނުވާފައިވާ އެއްވެސް ލިންކެ އް ބޭނުންނުކުރުމަށް ސަމާލުވުމަށް އެމްޓީސީސީއިން ވަނީ އެދިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފަށައިފިޚަބަރު | މަހެއް ކުރިންބަލި މީހުންނަށް އާރްޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭ ގޮތް ހަދަނީޚަބަރު | 2 މަސް ކުރިންއިންޑިޔާ ސަރުކާރުގެ އެހީއާއެކު އުނގޫފާރު ފެރީ ޓާމިނަލް އަޅަނީ ޚަބަރު | 2 މަސް ކުރިންއާރްޓީއެލްގެ ހިދުމަތް ބ. އަތޮޅުގައި ފަށައިފިޚަބަރު | 2 މަސް ކުރިން