logo
Bank of Maldives

Bank of Maldives

ޚަބަރު

ވިއްސާރައިގައި ގެއްލުންވި 5 ރަށަކަށް އެހީވަނީ

އަޙްމަދު ޒަލީފް
4 މާރިޗު 2025 - 12:39
ވިއްސާރައިގައި ގެއްލުންވި 5 ރަށަކަށް އެހީވަނީ

ހޮނިހިރު ދުވަހު ރާއްޖެއަށް ކުރި ވިއްސާރައިގައި ގެއްލުންވި 5 ރަށަކަށް އެހީވުމަށް ހަދަންޖެހޭ އެސެސްމަންޓްތައް ހަދަމުން އަންނަކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ހާމަކޮށްފިއެވެ.

އެގޮތުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވީ ފެން ބޮޑުވުމުގެ ސަބަބުން 5 ރަށުގައިވެސް ގެތަކަށް ގެއްލުން ލިބުނުކަމަށެވެ. އެހެންކަމުން މިވަގުތު ކުރަމުންދަނީ އެ ރަށްތަކުގެ އެސެސްމަންޓް ހަދާ، ރަށްތަކުން ނަގަންޖެހޭ މަޢުލޫމާތު އެއްކުމުގެ މަސައްކަތްކަމަށް ހިސާން ވިދާޅުވިއެވެ.

މި ރަށްތަކުގައި ޖުމްލަކޮށް ރަށުގައި މީހުން ދިރުއުޅޭ ގޭބިސީތައް ހިމެނޭ ހުރިހާ ސަރަޙައްދުތަކުގައި ފެން ބޮޑުވެފައިވެއެވެ. އަދި ބައެއް ރަށްތަކުގައި ވިއްސާރައިގައި ޖަންކްޝަންތައް ފުރި ނަޖިސް ބޭރުމުގެ މައްސަލަތައްވެސް ކުރިމަތިވިއެވެ.
ހިސާން ވިދާޅުވީ، ގޭގޭގައި ކުރިއަށްގެންދާ އެސެސްމަންޓަކުގައި ގޭގައި ހިފާގެންގުޅޭ ތަކެއްޗާއި ފަރުނީޗަރާއި އަދި އެހެނިހެން ގެއްލުންތަކުގެ މަޢުލޫމާތު އެއްކުރަމުންދާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation


ވިއްސާރައިގައި މާލެއިން ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކުރި 4 ގޭގެ މީހުން މިހާރު އާއްމު ދިރިއުޅުމަށް ގޮސްފައިވާކަމަށާއި މިހާރު ކުރަމުންދަނީ ގެއްލުންތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތްކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.


Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެޚަބަރު | 4 މަސް ކުރިންވިއްސާރައިގައި ގެއްލުންވި 5 ރަށަކަށް އެހީވަނީ ޚަބަރު | 6 މަސް ކުރިންކާރިޘާ ތަކުން އަރައިގަތުމަށް ބޭނުންވާ ވަޞީލަތްތައް ރަށްރަށަށް ފޯރުކޮށްދެނީ ޚަބަރު | 8 މަސް ކުރިންލައިވް ބްލޮގް: ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއެކު މެދު ރާއްޖެއަށް އޮރެންޖް އެލާޓްޚަބަރު | 8 މަސް ކުރިން