logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ

ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ

ކުރިއަށްއޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލާފާކޮށްފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވާ ގޮތުގައި ހުޅަނގު މޫސުން މެއި މަހުން ފެށިގެން ނޮވެމްބަރު މަހާ ހަމައަށް ދެމިގެންދޭނެއެވެ. ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑަކީ 1 މެއިގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އެއަށް ވުރެ އިތުރަށް ވާރޭ ވެހުމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މި ހާލަތު ދެ ދުވަހަށް ނުވަތަ އެއަށް ވުރެ އިތުރަށް ދެމިގެން ދިޔުމަކީވެސް ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑެވެ.

މޫސުމާ ބެހޭ ޤާއުމީ އިދާރާއިން ވިދާޅުވީ މިދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށެންދާ ދުވަސްވަރުކަމުން ރާއްޖޭގެ ދެކުނުން އުފެދޭ ވިއްސާރަ ވިލާތައް ދެކުނުގެ އަތޮޅުތަކަށް އަރަމުންދާކަމަށެވެ.

އެއާއެކު ވޭތުވެދިޔަ 24ގަޑި އިރުވެސް ދެކުނުގެ ސަރަހައްދުތަކަށް ވިއްސާރަކޮށްފައިވާކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.  އަދި މާދަމާ އިން ފެށިގެން 3 ދުވަހަށް ރާއްޖޭގެ އެކި ހިސާބުތަކަަށް ވިއްސާރަކުރާނެކަމަށް ބެލެވޭކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ ޢިދާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން ބައެއް ހިސާބުތަކުގައި އާންމު ވައި ގަދަވުމާއެކު، ކަނޑުތައް ގަދަވުމުގެ ފުރުޞަތުވެސް އޮތްކަން މެޓް އޮފީހުން ފާހަގަކުރެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެޚަބަރު | 4 މަސް ކުރިންވިއްސާރައިގައި ގެއްލުންވި 5 ރަށަކަށް އެހީވަނީ ޚަބަރު | 6 މަސް ކުރިންކާރިޘާ ތަކުން އަރައިގަތުމަށް ބޭނުންވާ ވަޞީލަތްތައް ރަށްރަށަށް ފޯރުކޮށްދެނީ ޚަބަރު | 8 މަސް ކުރިންލައިވް ބްލޮގް: ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއެކު މެދު ރާއްޖެއަށް އޮރެންޖް އެލާޓްޚަބަރު | 8 މަސް ކުރިން