އަމާޒަކީ އަންނަ ހޯމަ ދުވަހުގެ ކުރިން ރޯދަ ހަދިޔާ ބަހާ ނިންމުން: ވަޒީރު އާދަމް ޝަރީފް
5 މާރިޗު 2025 - 15:05

އަމާޒަކީ އަންނަ ހޯމަދުވަހުގެ ކުރިން ރޯދަ ހަދިޔާ ބަހައި ނިންމާލުންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރޯދަ ހަދިޔާ ބެހުމާ ގުޅޭގޮތުން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

Ad by Hajj Corporation
ވަޒީރު ވިދާޅުވީ އަމާޒަކީ ހޯމައިގެ ނިޔަލަށް މާލޭގައި ރޯދަ ހަދިޔާ ބަހައި ނިންމުންކަމަށާއި ބުރާސްފަތި ދުވަހު ގއ. އަދި ގދ. އަތޮޅުގެ ހުރިހާ ރަށަކަށް ރޯދަ ހަދިޔާ ފޯރާނެކަމަށެވެ. އޭރުން މުޅި ރާއްޖެއަށް ރޯދަ ހަދިޔާ ބަހާ ނިމުނީކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދަ މަހު ކޮންމެ ގޭބިސީއަކަށް ސަރުކާރުގެ ހަރަދު މަސްދަޅު ކޭހެއް ދޭން ނިންމައި މިހާރު ގިނަ ފަރާތްތަކަށް ވަނީ މަސްދަޅު ކޭސް ތައް ލިބިފައެވެ.
މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ލިބޭނެކަމަށެވެ.
ސަރުކާރުން ވަނީ މިދިޔަ ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ހަނޑޫ އަދި ފުށް ބަސްތާއެއް ދީފަ އެވެ. އަދި ރޯދަ މަހު ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓް ބިލަށްވެސް ޑިސްކައުންޓް ދީފަ އެވެ.
ރޯދަ ހަދިޔާ ބެހުން މި ރަމަޟާންމަހު މާލެ ސަރަހައްދުގައި ކުރިއަށްދާނީ ބަހަން ހަމަޖެހިފައިވާ ތަންތަނުގައި ރޭގަނޑު 9:30 އިން 11:30 އަށެވެ.


