logo
ޚަބަރު

މިހާތަނަށް މި ރޯދަމަހު ކަރަންޓު ބޭނުންކުރި މިންވަރު ރެކޯޑު އަދަދަކަށް އަރައިފި

މިހާތަނަށް މި ރޯދަމަހު ކަރަންޓު ބޭނުންކުރި މިންވަރު ރެކޯޑު އަދަދަކަށް އަރައިފި

ރަމަޟާން މަހުގެ ފުރަތަމަ ދުވަސްތަކުގައި މާލެ އާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރި މިންވަރު ރެކޯޑު އަދަދަކަށް އަރައިފިކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިރޭ ހާމަކޮށްފިއެވެ.

ސްޓެލްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މޫސުން ރަނގަޅުވުމާއެކު ރޯދަމަހު ފުރަތަމަ ފަހަރަށް މާލެ އާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރި މިންވަރު 92 މެގަވޮޓް ފަހަނައަޅާފައިވެއެވެ. މިއީ މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ މަތީ އަދަދު ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

GlSB9qra4AAM0lB.jpg

އެހެންކަމުން ސްޓެލްކޯއިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރަށް އަރާނެކަމަށް ލަފާކުރެވޭތީ، ކަރަންޓު އިޤްތިޞާދުކުރުމަށް އިލްތިމާސްކޮށްފައެވެ.

ނަމަވެސް ރޯދަމަހުގެ ފުރަތަމަ ދުވަހު މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު ދަށްވެފައެވެ. ރޯދަ މަހުގެ ފުރަތަމު ދުވަހު ކަރަންޓު ބޭނުން ކުރި މިންވަރު ދަށްވެފައިވަނީ ވިއްސާރަ ދުވަހަކަށްވުމުންނާއި، ސްކޫލްތަކާއި އޮފީސްތައް ބަންދު ދުވަހަކަށްވުމުން ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

ރޯދަ މަހު ކަރަންޓު ބިލުތަކުން ޑީސްކައުންޓު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ މިއަހަރުވެސް ރޯދަ މަހު ކަރަންޓު ބިލުންނާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެ ކަމަށެވެ.

އެގޮތުން ސްޓެލްކޯއިން ބުނެފައި ވަނީ އެންމެ މަދުވެގެން %10އާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށާއި ޑިސްކައުންޓު ދިނުމުގައި ބަލާނީ ފާއިތުވި އެއް އަހަރު ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ކަމަށެވެ. އަދި އިތުރުވާ އަދަދަށް ޑިސްކައުންޓު ދޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޓެލްކޯގެ ބޯޑަށް މުޒްނާ އައްޔަނުކޮށްފިޚަބަރު | 11 ގަޑިއިރު ކުރިންރައީސް އޮފީީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް ފަހުމީ އައްޔަންކޮށްފިޚަބަރު | 2 ދުވަސް ކުރިންސްޓެލްކޯގެ އެމްޑީކަމުން ފަހުމީ ވަކިކޮށްފިޚަބަރު | 3 ދުވަސް ކުރިންލަފާކުރި ވަގުތުގެ ކުރިން ކަރަންޓު އަލުން ދެވުނީ އިންޖިނިއަރުންގެ ގާބިލްކަމުން: ފަހްމީޚަބަރު | 19 ދުވަސް ކުރިން