logo
Bank of Maldives

Bank of Maldives

ޚަބަރު

ރޯދައަށްފަހު ރަސްފަންނާއި ސަލްޓަން ޕާކު ތަރައްޤީ ކުރަނީ

އަޙްމަދު ޒަލީފް
6 މާރިޗު 2025 - 12:51
ރޯދައަށްފަހު ރަސްފަންނާއި ސަލްޓަން ޕާކު ތަރައްޤީ ކުރަނީ

ރަސްފަންނާއި ސަލްޓަން ޕާކު އަލުން ތަރައްޤީކުރުމުގެ ޕްލޭންތައް ހަދަމުންދާކަމަށާއި، ދާއިމީ ބަދަލުތައް ގެނައުމުގެ މަސައްކަތް ރޯދައަށްފަހު ފެށިގެންދާނެކަމަށް އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރަސްފަންނު މަރާމާތުނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން އެތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފައެވެ. އެހެންކަމުން މި ރަމަޟާންމަހު އެތަން އާންމުންނަށް ބޭނުންކުރެވޭ ވަރު ކުރުމަށް ވަގުތީގޮތުން މަރާމާތުކުރުމުގެ މަސައްކަތް މިދިޔަމަހުގެ ފަހުކޮޅު ވަނީ ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ، ރަސްފަންނު ވަގުތީގޮތުން އާންމުންނަށް ހުޅުވާލިނަމަވެސް، ރަމަޟާންމަހަށްފަހު ދާއިމީގޮތުން އެތަނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ. އަދި އެކަމުގެ ޕްލޭންތައް ހަދަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. ދާއިމީ ބަދަލުތައް ގެނެވޭއިރު، މިހާރަށްވުރެ ފުރިހަމަ، އަދި ހިތްފަސޭހަ ތަނަކަށް ރަސްފަންނު ސަރަހައްދު ބަދަލުވެގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރަސްފަންނުގެ އިތުރުން ސަލްޓަން ޕާކުވެސް ވަނީ ވަރަށް ބޮޑަށް ވީރާނާވެ ބޮޑެތި މަރާމާތުތަކަކަށް ބޭނުންވެފައެވެ. ރަސްފަންނެކޭ އެއްފަދައިން ސަލްޓަން ޕާކަށްވެސް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށްޓަކާ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ސަލްޓަން ޕާކު އަލުން ތަރައްޤީކުރުމުގައިވެސް ސަރުކާރުގެ ވިސްނުންހުރީ އެތަނުގެ ބޭނުން އާންމުންނަށް އެންމެ ފުރިހަމަގޮތުގައި ހިފޭނެހެން ހިތްފަސޭހަ ތަނަކަށް އެތަން ހެދުމަށްކަމަށެވެ.

ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، މާލެއަކީ ބޮޑު އާބާދީއެއް ދިރިއުޅޭ ސިޓީއަކަށްވެފައި، އާއިލާތަކަށް ހިތްފަސޭހަކަމާއި އުފާވެރިކަމާއެކު ވަގުތު ހޭދަކުރެވޭނެ ފަދަ މާޙައުލުތައް ޤާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އަހަންމިއްޔަތުކަމެއްދެއްވާ މަސައްކަތެއްކަމަށެވެ. 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްފަންނު މޫދުގައި އިތާ ހުރުމުން ސަމާލުވާން އެދިއްޖެޚަބަރު | 3 ގަޑިއިރު ކުރިންދެ ކުންފުންޏަކާ ހަވާލުކޮށް ރަސްފަންނުގެ މަސައްކަތް މިމަހު ފަށަނީ ޚަބަރު | 5 މަސް ކުރިންރަސްފަންނު ސަރަހައްދަށް މޫދަށް ނޭރުމަށް އިލްތިމާޞްކޮށްފި ޚަބަރު | 9 މަސް ކުރިންރޯދައަށްފަހު ރަސްފަންނާއި ސަލްޓަން ޕާކު ތަރައްޤީ ކުރަނީ ޚަބަރު | 10 މަސް ކުރިން