logoEN
ޚަބަރު

ކޮތަރު ތަކަށް ޖެހެނީ ނޭވާލާ ނިޒަމަށް ޖެހޭ ބައްޔެއް

ހުސައިން ވަސީމްހުސައިން ވަސީމް

06 މާރިޗު 2025 - 15:05

މާލެ އެކި ސަރަހައްދުތަކުން މަރުވެފައި އޮއްވާ ފެންނަ ކޮތަރުތަކަށް ޖެހުނީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާއިން ބުނެފި އެވެ.

މި ފަހުން މާލޭގެ އެކިސަރަހައްދުތަކުން މަރުވެފައި އޮއްވާ ގިނަ އަދަދެއްގެ ކޮތަރުތައް ވަނީ ފެންނަން ފަށާފަ އެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އިން ބުނީ ކޮތަރުތަކުގެ ޓެސްޓުތައް ހެދުމުން ކޮތަރުތަކަށް ޖެހިފައިވަނީ އޭގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށްވާ އިންފެކްޝަންސް ކޮރައިޒާ ކަމަށެވެ. އެކަމަކު އިންސާނުންނަށް އޭގެ ސަބަބުން ނުރައްކަލެއް ނެތް ކަމަށް މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އިން ބުނެ އެވެ.

މި ބައްޔަކީ އާންމުކޮށް ދޫނިސޫފާސޫފީގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށް މިނިސްޓްރީން ބުނެ އެވެ. މި ޑައިގްނޯސިސް ބިނާވެފައިވަނީ ބަލި ފެތުރިފައިވާ ގޮތާއި، ބަލީގެ އަލާމާތްތަކާއި، ނެކްރޯޕްސީ ހޯދުންތަކާއި އަދި ލެބޯޓްރީގެ ޓެސްޓުތަކުގެ މައްޗަށް ކަމަށާ މިއީ އެވިބެކްޓީރިއަމް ޕެރަގެލިނޭރަމް ނަމަކަށް ކިޔާ ދޫނީގެ ނޭވާލާ ނިޒާމަށް ހަމަލާދޭ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ބައްޔަކީ އިންސާނުންނަށް ޖެހޭ ބައްޔެއް ނޫންކަމަސްވިޔަސް ރައްކާތެރި ގޮތަކީ މަރުވެފައިވާ ނުވަތަ ބަލިޖެހިފައިވާ ކޮތަރުތަކާ ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ގާތް ނުވުން ކަމަށް ނިސްޓްރީން ބުނެ އެވެ.

އިންފެކްޝަސް ކޮރައިޒްގެ އިތުރުން ސެކަންޑްރީ ބެކްޓީރިއަލް އިންފެކްޝަންތަކުގެ ސަބަބުން ބަލި ބޮޑުވެ، ދޫނި މަރުވާ ކަމަށާ ބަލި ޖެހުމުން ދޫނީގެ ނޭފަތުން ފެން އައިސް، ކެއްސައި ނޭވާލުމަށް އުނދަގޫވެާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް

871x217_placeholder