މަގާމުގައި ތިއްބަވައިގެން ސިޔާސީ ފަރާތްތަކަށް ޖަވާބުދާރީވެ ބަޔާންނެރުމުން ފަނޑިޔާރުގޭގެ ގަދަރު ކުޑަވޭ: މުހުތާޒް
6 މާރިޗު 2025 - 18:58

މަގާމުގައި ތިއްބަވައިގެން ސިޔާސީ ފަރާތްތަކަށް ޖަވާބުދާރީވެ, އާންމު ބަޔާންތަށް ނެރުއްވުމުން ގެންދެވުމަކީ ރައްޔިތުންގެ ހިތުގައި ފަނޑިޔާރުގެ އާއި ދޭތެރޭ އޮންނަ ގަދަރު ކެނޑިގެންދާ ކަމެއް ކަމަށް ކުރީގެ ޕްރޮސެކިއުޓާޖެނެރަލް މުހުތާޒް މުހިސިން ވިދާޅުވެއްޖެ އެވެ.
މުހުތާޒް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަނޑީޔާރުންނަށް ޖަވާބުދާރީވާން އޮންނަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
މަގާމުގައި ތިއްބަވައިގެން ސިޔާސީ ފަރާތްތަކަށް ޖަވާބުދާރީވެ, އާންމު ބަޔާންތަށް ނެރުއްވުމުން ގެންދެވުމަކީ, ރައްޔިތުންގެ ހިތުގައި ފަނޑިޔާރުގެ އާއި ދޭތެރޭ އޮންނަ ގަދަރާއި ކަރާމާތް ކެނޑި، ނުތަނަވަސްކަން އިތުރުވެގެންދާނޭ ކަމެއް ކަމަށް މުހިތާޒް ވިދާޅުވި އެވެ.
އިއްޒައްތެރި ފަނޑިޔާރުނަށް ގާނޫނު ބުނާގޮތުން ޖަވާބު ދާރީވާން އޮންނަނީ ގަދަރުވެރިކަމާއި އެކު ޖޭ.އެސް.ސީ އަށެވެ. މަގާމުގައި ތިއްބަވައިގެން ސިޔާސީ ފަރާތްތަކަށް ޖަވާބުދާރީވެ, އާންމު ބަޔާންތަށް ނެރުއްވުމުން ގެންދެވުމަކީ, ރައްޔިތުންގެ ހިތުގައި ފަނޑިޔާރުގެ އާއި ދޭތެރޭ އޮންނަ ގަދަރާއި ކަރާމާތް ކެނޑި، ނުތަނަވަސްކަން އިތުރުވެގެންދާނޭ ކަމެއް ކަމަށް ދެކެމެވެ.
މުހުތާޒް މިހެން ވިދާޅުވި އިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކޮށް ފަނޑިޔާރުންގެ މައްޗަށް ކުރާ ތުހުމަތުތަކަކީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށާ މައްސަލަތައް ބަލަނީ ނެތް ހާލަތެއް އުފައްދައިގެން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މިއަދު ވަނީ ވިދާޅުވެފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންކަމަށްވާ އަލްއުސްތާޛު ޙުސްނުއްސުޢޫދުއާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ކުށުގެ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުން އަންނަ ކަމަށް ބުނެ ޖޭއެސްސީން ވަނީ އެ ފަނޑިޔާރުން ސަސްޕެންޑު ކޮށްފަ އެވެ.ސަސްޕެންޑު ކޮށްފައިވަނިކޮށް ހުސްނުއްސުއޫދު ވަނީ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ.

-01.jpg&w=3840&q=75)
