logo
Bank of Maldives

Bank of Maldives

ޚަބަރު

ޑްރައިވިން ލައިސަންސް ތިއަރީ އިމްތިޙާނު މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ކުރިއަށް ގެންދަން ފަށައިފި

އާމިނަތު ޝަފާ
7 މާރިޗު 2025 - 06:17
ޑްރައިވިން ލައިސަންސް ތިއަރީ އިމްތިޙާނު މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ކުރިއަށް ގެންދަން ފަށައިފި

ޑްރައިވިން ލައިސަންސް ތިއަރީ އިމްތިޙާނު މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ކުރިއަށް ގެންދަންފަށައިފިއެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިޙާނު މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދަންފެށީ ބުރާސްފަތިދުވަހުން ފެށިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހާތަނަށް މި އިމްތިޙާނު ކުރިއަށް ގެންދިޔައީ މޯލްޑިވްސް ޕޮލިޓެކްނިކުންނެވެ. ނަމަވެސް އިއްޔެއިން ފެށިގެން މި ޚިދުމަތް ފޯރުކޮށްދެނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓުންނެވެ. މި ބަދަލާއެކު، އިމްތިޙާނު ހެދުމުގެ އިންތިޒާމުތައް އަދި ކަމާގުޅޭ އެހެނިހެން ކަންކަން ބަލަހައްޓާނީ ސީދާ މިނިސްޓްރީންނެވެ.

ގްރޭޓަރ މާލެ ސަރަޙައްދުން މި ޚިދުމަތަށް އެދޭ ފަރާތްތަކުން ސަވާރީ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް (ސިމްސް) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާއިރު، ތިއަރީ އިމްތިޙާނު ހަދާ ސެންޓަރެއްގެ ގޮތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިޚްތިޔާރު ކުރަންވާނެއެވެ. މި ބަދަލުގެ ސަބަބުން، ޑްރައިވިންގ ލައިސަންސް ހެދުމުގެ މަރުޙަލާތައް އެއް ތަނަކުން ކުރިއަށް ގެންދެވޭނެއެވެ.

އެއްގަމު އުޅަނދުގެ ލައިސަންސް ނަގާއިރު މި އިމްތިހާންގެ އިތުރުން ޑްރައިވިން ޓެސްޓެއް ވެސް ހަދަން ޖެހެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިލެކްޓްރިކް އުޅަނދުތަކުގެ ނަންބަރު ބޯޑު އާ ގަވާއިދަށް ބަދަލުކުރަން ބާކީ އެއް މަސްދުވަސް: ފުލުހުންޚަބަރު | މަހެއް ކުރިންމި މަސް ނިމުމުގެ ކުރިން ލ. އަދި މ. އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ފަށަނީޚަބަރު | 2 މަސް ކުރިންތިލަމާލެ ބްރިޖުގެ ކަނޑުއޮޅިތަކުން ދަތުރު ނުކުރަން އެންގި އެންގުން ތަކުރާރުކޮށްފިޚަބަރު | 3 މަސް ކުރިންފ. އާއި ދ. އަތޮޅުގައި އާރުޓީއެލް ދަތުރުތަކަށް އަގު ނަގާނެ ރޭޓުތައް އާންމުކޮށްފިޚަބަރު | 3 މަސް ކުރިން