logo
Bank of Maldives

Bank of Maldives

ޚަބަރު

ޔާމީން ހައްދަވާ ދޮގުތަކުގެ ސަބަބުން ފަލާހް އަންތަރީސްވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
8 މާރިޗު 2025 - 08:42
ޔާމީން ހައްދަވާ ދޮގުތަކުގެ ސަބަބުން ފަލާހް އަންތަރީސްވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ކޯޓުތަކަށް އަތްބޭނުމާއި، މަޖިލީހުގެ މިނިވަންކަން ނަގައިލުމާއި، ޚުދު އެމަނިކުފާނު ވައްކަން ކުރެއްވުމުން ރެކި މިހާރު ދައްކަވަމުން ގެންދަވާ ވާހަކަތަކުން އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް އަޖައިބުވެ އަންތަރީސްވެފައިވާ ކަމަށް ވިދާޅުވެއްޖެއެވެ.

ފަލާހް މިފަދައިން ވިދާޅުވެފައިވަނީ ރޭ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕޯސްޓުގައި ފަލާހް ފާހަގަކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހާއި، ޖުޑިޝަރީއާއި، ކޯޓުތަކާއި އަދި ވައްކަމުގެ ވާހަކަ ޔާމީން ދައްކަވަމުންދާތީ، އެއީ ހަމަ ޔާމީން ދައްކަވާ ވާހަކައެއްތޯ ހިތަށްއަރާ ކަމަށެވެ.

View post on Twitter

 

 

ފަލާހްގެ ޕޯސްޓުގައި އިތުރަށް ބަޔާންކުރައްވާފައިވަނީ 20 ވަނަ މަޖިލިސް ނަމޫނާ މަޖިލީހަކަށްވެފައިވާ ކަމަށާއި، އޭގެ ސަބަބަކީ މިހާރުގެ ސަރުކާރުން މަޖިލީހަށް ނުފޫޒު ނުފޯރުވާތީ ކަމަށެވެ. އަދި 18 ވަނަ މަޖިލީހުގައި ޔާމީންގެ ވެރިކަމުގައި މަޖިލިސް ކޮންޓްރޯލް ކުރަމުންދިޔަ ގޮތް ވެސް ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން، ފަލާހް ވަނީ ޔާމީންގެ ވެރިކަމުގައި ހިނގާފައިވާ އެކި ކަންކަމާ ގުޅޭގޮތުން ސުވާލުތަކެއް ނަންގަވާފައެވެ. މީގެ ތެރޭގައި ޤައުމަށް އެންމެ ބޮޑު ޚިޔާނާތެއް ވެފައިވަނީ ކާކުތޯ އާއި، އެންމެ އަނިޔާވެރި ވެރިކަމެއް ކުރީ ކާކުތޯ އާއި، ޖުޑިޝަރީއަށް އެންމެ ބޮޑު ނުފޫޒު ފޯރުވީ ކާކުތޯ ފަދަ ސުވާލުތައް ހިމެނެއެވެ. މި ހުރިހާ ސުވާލެއްއްގެ ޖަވާބަކީ ޔާމީން ކަމަށް ފަލާހް ވިދާޅުވެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި ސަރުކާރުން ލޯނެއް ނަގަންޏާ ނަގާނީ ގައުމާ ރައްޔިތުންނަށް ގެއްލުން ނުވާ ގޮތަށް: ފަލާހުޚަބަރު | 19 ދުވަސް ކުރިންރައްޔިތުން ދެކެނީ ޖަމީލަކީ ސީދާ ''ދެބޯބުރާންޗެއް'' ކަމަށް: ފަލާހްޚަބަރު | މަހެއް ކުރިންއެމްޑީޕީއާއިއެކު މަސައްކަތް ނުކުރައްވާނެކަމަށް ވިދާޅުވި ޔާމީންގެ ތާއީދާއެކު ވެސް ހިތަދޫން ވަނީ ސޯބެ ބަލިކޮށްލާފައި: ފަލާހްޚަބަރު | 2 މަސް ކުރިން"އެކަކު އަނެކަކުގެ ބުރަކައްޓަށް ވަޅި ޖަހާފައި" ތިބި ގައުމިއްޔަތާއި ދީނާ ދުރު ފެއިލިއަރުންގެ ފުށުން ހެވެއް ނުލިބޭނެރިޕޯޓް | 2 މަސް ކުރިން