logo
Bank of Maldives

Bank of Maldives

ޚަބަރު

އައު ޓާމިނަލް ހުޅުވުމާއެކު އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

އައު ޓާމިނަލް ހުޅުވުމާއެކު އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން މިއަދު ބޭއްވީ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ: ދަތުރުފަތުރާ ބެހޭ ވުޒާރާ
އައު ޓާމިނަލް ހުޅުވުމާއެކު އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން މިއަދު ބޭއްވީ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ: ދަތުރުފަތުރާ ބެހޭ ވުޒާރާ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމާ ގުޅިގެން އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެކު ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މަޝްވަރާކޮށްފިއެވެ.

މިއަދު ބޭއްވުނު މި ބައްދަލުވުމުގައި، އައު ޓާމިނަލް ހުޅުވުމާއެކު ޓެކްސީ ކިއުއަށް އަންނާނެ ބަދަލުތަކާއި، ޓެކްސީ އަދި ހަތަރު ފުރޮޅުލީ އުޅަނދުތައް ދަތުރުކުރާނެ މަގުތަކަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. މީގެ އިތުރުން، އުޅަނދުތައް ޕާކުކުރުމަށް އެމްއޭސީއެލްއިން ހަމަޖައްސާނެ ސަރަޙައްދުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބައްދަލުވުމުގައި އިތުރަށް މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި، އެއާޕޯޓު ސަރަޙައްދުގައި ބަހައްޓާ "ރައުންޑް އެބައުޓް" ބޭނުންކުރާނެ ގޮތްތަކާ ގުޅޭ މަޢުލޫމާތު ހިމެނެއެވެ. މި  ބަދަލުތަކަކީ އައު ޓާމިނަލްގެ ހިދުމަތް ފެށުމާއެކު އެއަރޕޯޓުގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފަސިންޖަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިގަތުމަށް މަގުފަހިކުރުމަށް ގެނެވޭ ބަދަލުތަކެކެވެ.

މި ބަދަލުތަކާއެކު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުވައްމުލަކު އެއާޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރަން މަޝްވަރާކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންޑޮމެސްޓިކް އެއާޕޯޓުތައް ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލް އިން ފަށައިފިޚަބަރު | 9 ދުވަސް ކުރިންއެއާޕޯޓްގެ މުވައްޒަފުންނަށް ހިތްވަރުދިނުމުގެ ގޮތުން ދެކުމާދިއުމުގެ ހަރަކާތްތަކެއްޚަބަރު | 2 މަސް ކުރިންތިރީހުން އަށަކަށް: މިއީ ހަމަ އަސްލުވެސް އިންގިލާބެއް!ރިޕޯޓް | 2 މަސް ކުރިން