logo
Bank of Maldives

Bank of Maldives

ޚަބަރު

ރަޖިސްޓްރާރ އޮފް ކޮމްޕެނީސްގެ މަޤާމަށް ޝަމްއާ އައްޔަންކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
10 މާރިޗު 2025 - 12:45
ރަޖިސްޓްރާރ އޮފް ކޮމްޕެނީސްގެ މަޤާމަށް ޝަމްއާ އައްޔަންކޮށްފި

ރަޖިސްޓްރާރ އޮފް ކޮމްޕެނީސްގެ މަޤާމަށް އަލްއުސްތާޛާ މަރްޔަމް ޝަމްޢާ އިސްމާޢީލް ވަނީ އައްޔަންކޮށްފައެވެ.

މި މަޤާމަށް ޝަމްޢާ އައްޔަންކުރެވިފައިވަނީ، ކުރިން މި މަޤާމުގައި ހުންނެވި މަރިޔަމް ވިސާމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަލްއުސްތާޛާ މަރްޔަމް ޝަމްޢާ އިސްމާޢީލްއަކީ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް ބްރިސްޓްލްއިން ބެޗްލަރ އޮފް ލޯ ހާސިލްކުރައްވާފައިވާ ޤާނޫނީ ވަކީލެކެވެ.

އޭނާގެ ފަންނީ ތަޖުރިބާގެ ތެރޭގައި 2021 ވަނަ އަހަރުން ފެށިގެން ކޮންސިއުމަރ އޮމްބަޑްސްމަންގެ މަޤާމު އަދާކުރެއްވުން ހިމެނެއެވެ.

މީގެ އިތުރުން، ޝަމްޢާ ވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ ޑިރެކްޓަރ އޮފް ލީގަލް އެންޑް ޕޮލިސީ އެފެއާޒްގެ މަޤާމާއި ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަޤާމުވެސް އަދާކުރައްވާފައެވެ.

ރަޖިސްޓްރާރ އޮފް ކޮމްޕެނީސްގެ މަޤާމަކީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމާއި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާ އެންމެ އިސް ފަރާތެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ އިންގިލާބީ ތަރައްގީގެ ތަސައްވުރު: 790 މިލިއަން ޑޮލަރުގެ ޓައުންޝިޕެއް ގާއިމުކުރަން ހުއްދަދީފިޚަބަރު | 2 މަސް ކުރިންފިކުރީ މުދާ ހިމާޔަތް ކުރުމަށް ޕޭޓަންޓު ބިލެއްގެ މަސައްކަތް ފަށައިފިޚަބަރު | 3 މަސް ކުރިންދިވެހި ނަމެއްދީ ގޫގުލްއިން ރާއްޖެ ބައިވެރިކޮށްގެން ބޮޑު އިންވެސްޓްމަންޓެއްޚަބަރު | 3 މަސް ކުރިންދިވެހިންނަށް ފުރުސަތު އިތުރުވާނެހެން ބޭރުގެ ވިޔަފާރިތަކަށް ބައެއް ދާއިރާތައް މަނާކޮށްފިޚަބަރު | 4 މަސް ކުރިން