2024 ވަނަ އަހަރު ޖުމުލަ 797 ޝަކުވާއެއް ރަޖިސްޓްރީ ކޮށްފައިވޭ: އެޗްއާރްސީއެމް
11 މާރިޗު 2025 - 08:24

2024 ވަނަ އަހަރު ޖުމުލަ 797 ޝަކުވާއެއް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ހިޔުމަން ރައިޓްސް ކޮނިޝަން ( އެޗްއާރްސީއެމް) އިން ބުނެފިއެވެ.
މީގެތެރެއިން 692 ޝަކުވާ ހުށަހަޅާފައިވަނީ އާންމު ފަރުދުންނާއި، ސަރުކާރާއި އަމިއްލަ އިދާރާތަކުންނެވެ. އާންމު ފަރުދުން ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި ނަން ހާމަކުރަން ބޭނުންނުވާ ފަރާތްތަކުން ހުށަހަޅާފައިވާ 13 ޝަކުވާއެއް ހިމެނެއެވެ. އަދި 105 ޝަކުވާއެއް ކޮމިޝަނުން އިސްނަގައިގެން ރަޖިސްޓަރ ކޮށްފައިވެއެވެ. 2023 ވަނަ އަހަރުގައި ރަޖިސްޓަރ ކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން މައްސަލަ ބެލުމާމެދު ގޮތެއް ކަނޑައަޅާފައިނުވާ 38 ޝަކުވާއާއި އަދި މިއަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ހުށަހެޅިފައިވާ އެކު ޖުމުލަ 814 ޝަކުވާގެ ތެރެއިން 487 ޝަކުވާއެއް ތަހު ގީގުކުރުމަށް ނިންމާފައިވެއެވެ. އަދި 327 ޝަކުވާއެއް ވަކި މައްސަލައެއް ގޮތަށް ތަހުގީގު ނުކުރުމަށް ނިންމާފައިވާ ކަމަށް އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ.

Ad by Hajj Corporation
އެހެންނަމަވެސް، މިފަދަ މައްސަލަތަކުގައި ކުރިއަށްދާންވީ ގޮތުގެ ލަފާ މައްސަލަ ހުށަހަޅާ ފަރާތަށް ދެވެއެވެ. މިގޮތުން، ތަހުގީގު ނުކުރުމަށް ނިންމާފައިވައި މައްސަލަތަ ކުގެ ތެރޭގައި ކޮމިޝަނުގެ އިޙްތިސާސް ނުހިމެނޭ މައްސަލަތަކާއި، އެހެން އިދާރާއަކަށް ހުށަހަޅަން ޖެހޭ މައްސަލަ، އަދި ކޮމިޝަނުން ކުރިން ބަލާފައިވާ މައްސަލަތަކާއި، ބަލަމުންދާ މައްސަލަތައް ހިމެނެއެވެ. 2024 ޑިސެންބަރު މަހުގެ ފަހުކޮޅުގައި ރަޖިސްޓަރ ކުރި ޝަކުވާތަކުގެ ތެރެއިން އަހަރު ނިމުނުއިރު 21 މައްސަލައެއްގައި ތަހުގީގު ކުރުމާމެދު ގޮތެއް ނިންމިފައިނުވާ ކަމަށް އެ ކޮމިޝަން އިން ބުނެފައިވެއެވެ.
2024 އެންޓި ޓޯޗަރ ޤާނޫނު 2013 ގެ ދަށުން ޖުމުލަ 116 ޝަކުވާއެއް ރެޖިސްޓަރ ކޮށްފައިވެއެވެ. 2024 އަހަރު ރެޖިސްޓަރކުރި ޝަކުވާތަކާއި، ފާއިތުވި އަހަރު ގޮތެއް ނުނިންމާ ހުރި ޝަކުވާތަކުގެ ތެރެއިން ތަހުގީގު ކުރުމަށް ނިންމާފައިވަނީ 107 މައްސަލައެވެ. ޓޯޗަރ އާއި ގުޅިގެން އެންމެ ގިނަ ޝަކުވާ ހުށަހަޅާފައިވަނީ ހައްޔަރުކުރުމުގެ ތެރޭގައި އަނިޔާކުރިކަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާއާއި، ކަސްޓޯޑިއަލް ޖަލެއްގައި ޖިސްމާނީ އަނިޔާކުރިކަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާއާއި، އަދި އާންމު ނުވަތަ ރިމާންޑް ޖަލެއްގައި އަނިޔާކުރިކަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާއެވެ.
2024 އަހަރުގެ ކުރިން ކޮމިޝަނަށް ހުށަހެޅި، އެންޓި ޓޯޗަރ ޤާނޫނު 2013 ގެ ދަށުން ތަހުގީ ގުކޮށްފައިވާ މައްސަލަތަކުގެ ތެރެއިން މައްސަލަ ނިންމާ، ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް އެދި 2023 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގެ ތެރެއިން 01 މައްސަލަވަނީ މި އަހަރުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޑިކްލައިން ކޮށްފައެވެ. މި އަހަރު ކޮމިޝަނުން ޖުމުލަ 14 މައްސަލައެއްގެ ދައުވާ ކުރުމާމެދު ގޮތެއް ނިންމުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވާއިރު، މީގެ ތެރެއިން 04 މައްސަލައެއް އެ އޮފީހުން ވަނީ ޑިކްލައިން ކުރައްވާފައެވެ.
އެހެން އިދާރާއަކަށް އެޑްރެސްކޮށް ކޮމިޝަނަށް ނަކަލުކޮށް 2024 އަހަރު ޖުމުލަ 22 ސިޓީއެއް ކޮމިޝަނަށް ހުށަހަޅާފައިވެއެވެ. އަދި ކޮމިޝަނުން ތަހުގީ ގުކުރަމުންދާ މައްސަލަތަކާއި ގުޅޭ 92 ޝަކުވާއެއް އެ ކޮމިޝަނަށް ހުށަހަޅާފައިވެއެވެ.
2024 އަހަރު ކޮމިޝަނުން ތަހުގީގުކޮށް ނިންމާފައިވާ މައްސަލަތަކުގެ ތެރޭގައި، 2018 ވަނަ އަހަރު ހުށަހެޅުނު 01 މައްސަލައާއި، 2020 ވަނަ އަހަރު ހުށަހެޅުނު 01 މައްސަލައާއި، 2021 ވަނަ އަހަރު ހުށަހެޅުނު 14 މައްސަލައާއި، 2022 ވަނަ އަހަރު ހުށަހެޅުނު 23 މައްސަލައާއި، 2023 ވަނަ އަހަރު ހުށަހެޅުނު 79 މައްސަލައާއި، 2024 ވަނަ އަހަރު ހުށަހެޅުނު 191 މައްސަލައާއެކު، ޖުމުލަ 309 މައްސަލައެއް ނިންމާފައިވެއެވެ.
2024 ވަނަ އަހަރު ކޮމިޝަނުގެ ހިލޭގުޅޭ ނަންބަރު 1424 އަށް ޖުމުލަ 1617 ކޯލު ލިބިފައިވާއިރު، 91 ކޯލަކުން އައު މައްސަލަ ކޮމިޝަނަށް ލޮޖްކޮށްފައިވެއެވެ. އަދި ބަލަމުންދާ މައްސަލަތަކާ ގުޅިގެން މައުލޫމާތު ހޯދުމަށް 739 ކޯލް ލިބިފައިވާއިރު، 169 ކޯލަކަށް މައްސަލައިގައި ކުރިއަށްދާންވީ ގޮތުގެ ލަފާ ދީފައިވެއެވެ. އަދި ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ގުޅުމެއްނެތް އެހެނިހެން ކޯލްގެ ގޮތުގައި 590 ފޯނު ކޯލު ލިބިފައިވާއިރު، ސަދަން ރީޖަނަލް އޮފީހާ ގުޅުންހުރި 28 ފޯނުކޯލެއް ލިބިފައިވާ ކަމަށް އެޗްއާރްސީއެމް އިން މައުލޫމާތު ދެއެވެ.
2024 ވަނަ އަހަރުގެ ޖަނަވަރީ އިން ޑިސެންބަރުގެ ނިޔަލަށް ޖުމުލަ 2119 ފަރާތެއްގެ ކުށުގެ ރިކޯޑު ކޮމިޝަނުން ސާފުކޮށްފައިވެއެވެ.