logo
Bank of Maldives

Bank of Maldives

ޚަބަރު

ލައްކައަކަށްވުރެ ގިނަ ގޭބީސީތަކަށް ރޯދަ ހަދިޔާ ބަހައިފި

އަޙްމަދު ޒަލީފް
11 މާރިޗު 2025 - 17:55
ލައްކައަކަށްވުރެ ގިނަ ގޭބީސީތަކަށް ރޯދަ ހަދިޔާ ބަހައިފި

ސަރުކާރުން މިއަހަރުގެ ރޯދަމަހުގެ ހަދިޔާގެ ގޮތުގައި ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް ބަހަމުންދާ މަސްދަޅުކޭސް ލައްކައަކަށް ވުރެ ގިނަ ގޭބިސީއަށް ބަހައިފިއެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ވުޒާރާގެ ދަށުންނެވެ. އަދި އަތޮޅުތެރޭގައި މި މަސައްކަތް ކުރިއަށްދަނީ ރަށު ކައުންސިލްތަކުގެ ފަރާތުންނެވެ. މާލޭގައި 13 ސަރަހައްދެއްގައި މަސްދަޅު ބަހަމުންދާއިރު، ރަށްރަށުގެ ކައުންސިލްތަކުން ދަނީ ގޭބިސީތަކަށް ޒިޔާރަތްކޮށް މަސްދަޅު ކޭސް ބަހަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޅި ރާއްޖޭގެ 110،127 ގޭބީސީއަކަށް މަސްދަޅު ކޭސް ބަހައިނިމިފައިވާކަމަށާއި މީގެ ތެރޭގައި މާލޭގެ 49،416 ގޭބީސީއާއި އަތޮޅުތެރޭގެ 60،711 ގޭބީސީ ހިމެނޭ ކަމަށެވެ.

މިދިޔަ އަހަރުގެ ރޯދަމަހު ސަރުކާރުން ވަނީ 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފައެވެ. އޭރު ކޮންމެ ގެއަކަށް 10 ކިލޯ ފުށާއި 10 ކިލޯ ހަނޑުލެވެ. މީގެ އިތުރުން ކަރަންޓާއި ފެނުގެ ބިލުން 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވެއެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މަސްދަޅުކޭސް ބެހުން ނިންމާލާނީ ބޭނުންވާ ހުރިހާ ގޭބިސީތަކަށް ބަހައި ނިމުމުންނެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ވުޒާރާގެ ދަށުންނެވެ. އަދި އަތޮޅުތެރޭގައި މި މަސައްކަތް ކުރިއަށްދަނީ ރަށު ކައުންސިލްތަކުގެ ފަރާތުންނެވެ. މާލޭގައި 13 ސަރަހައްދެއްގައި މަސްދަޅު ބަހަމުންދާއިރު، ރަށްރަށުގެ ކައުންސިލްތަކުން ދަނީ ގޭބިސީތަކަށް ޒިޔާރަތްކޮށް މަސްދަޅު ކޭސް ބަހަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޯދަ ހަދިޔާ މަސްދަޅު މާލެ ސަރަހައްދުގައި ބަހާ ނިމިއްޖެޚަބަރު | މަހެއް ކުރިންމަސްދަޅު ކޭސް ނަގައިފިންތަ؟ މިއީ ފަހު ރޭ!ޚަބަރު | މަހެއް ކުރިންއަތޮޅުތަކަށް މަސްދަޅު ކޭސް ފޮނުވަން ފަށައިފިޚަބަރު | މަހެއް ކުރިންމާލެ ސަރަހައްދުގައި މަސްދަޅުކޭސް ބަހަން ފަށައިފިޚަބަރު | 2 މަސް ކުރިން