logo
Bank of Maldives

Bank of Maldives

ޚަބަރު

އެންސީއެސް އަދި މިފްކޯގެ ދެމެދު ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަށް ފަހިކޮއްދިނުމާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

އެންސީއެސް އަދި މިފްކޯގެ ދެމެދު ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަށް ފަހިކޮއްދިނުމާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ނޭޝަނަލް ކެރިޔާ ސަރވިސެސް (އެންސީއެސް) އަދި މޯލްޑިވިސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އާއި ދެމެދު ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަށް ފަހިކޮއްދިނުމާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އެންސީއެސް އަދި މިފްކޯއާއި ދެމެދު ކުރިއަށްދިޔަ މި މަޝްވަރާ ބައްދަލުވުމުގައި، ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަށް ފަހިކޮއްދިނުމަށް ދެ ފަރާތުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް ވަނީ އަލިއަޅުވައިލައިފައެވެ. އެގޮތުން، މިފްކޯގެ ފަރާތުން ރާއްޖޭގެ އެކި ރަށްރަށުން ވަޒީފާގެ ފުރުޞަތުތަށް ހުޅުވާލުމަށް މަސައްކަތްކުރައްވާނެކަން މި ބައްދަލުގައި ވަނީ ހާމަކުރައްވައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީފާ ދިނުމުގައި ދިވެހިންނަށް އިސްކަން ދިނުމާއި ޚާއްސަކޮށް ސަރުކާރު ނިސްބަތްވާ ކުންފުނިތަކުގައި، ވަޒީފާ ޢަދާކުރާ ދިވެހިންގެ ޢަދަދު އިތުރު ކުރުމަށް ދިވެހި ސަރުކާރުން ދަނީ އެންސީއެސް މެދުވެރިކޮށް މިފަދަ ބައްދަލުވުންތައް ބާއްވައި ތަފާތު އެކި މަސައްކަތްތަކެއް ކުރަމުންނެވެ.

މިފްކޯއަކީ އެކި ރަށްރަށުގައި އެ ކުންފުނީގެ ޑިވިޝަންތަކުގައި ވަޒީފާގެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް މިފްކޯ އިން ވަނީ ބުނެފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް އިސްކަންދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. މި މަސައްކަތަކީ އެ ވައުދު ފުއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

މި ޕްރޮގްރާމުގެ ދަށުން ކުރިއަށް އޮތް އަހަރު ތެރޭގައި 500 އަށްވުރެ ގިނަ ދިވެހި ޒުވާނުންނަށް މިފްކޯގައި ވަޒީފާ ލިބޭނެ ކަމަށް އަންދާޒާކުރެއެވެ. މީގެ އިތުރުން، ވަޒީފާއަށް ވަނުމުގެ ކުރިން ބޭނުންވާ ތަމްރީނުތައް އެންސީއެސް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުވައްމުލަކުގައި މިފްކޯއިން ގާއިމުކުރި ފުވައްމުލައް ފިޝް ޕްރޮސެސިން ފެސިލިޓީ ހުޅުވައިފިޚަބަރު | 15 ދުވަސް ކުރިންކަންނެލި މަސް ފެކްޓަރީގެ މަސައްކަތް ހަ މަސްތެރޭ ނިމޭނެ : ވަޒީރު ޝިޔާމްޚަބަރު | 24 ދުވަސް ކުރިންފުނަދޫ އައިސް ޕްލާންޓަކީ އުތުރުގެ މަސްވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް: މިފްކޯޚަބަރު | 3 މަސް ކުރިންފުނަދޫގައި ޤާއިމްކުރި މިފްކޯގެ އައިސްޕްލާންޓް ހުޅުވައިފިޚަބަރު | 3 މަސް ކުރިން