logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފަހަތުން އަރައި ލިލް ބަލިކޮށް ޑޯޓުމަންޓް ކުއާޓަރ ފައިނަލަށް

އަބްދުﷲ ޣާނިމް
13 މާރިޗު 2025 - 03:20
ކުއާޓަރ ފައިނަލަށް ގެންގޮސްދިން ގޯލުޖަހައިދިން ޗޭން. ފޮޓޯ: ބީ.ބީ.ސީ
ކުއާޓަރ ފައިނަލަށް ގެންގޮސްދިން ގޯލުޖަހައިދިން ޗޭން. ފޮޓޯ: ބީ.ބީ.ސީ

ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ރައުންޑްގެ ދެވަނަ ލެގުގައި ފްރާންސްގެ ލިލް ފަހަތުން އަރައި ބަލިކޮށް، ބޮރޫޝިއާ ޑޯޓްމަންޓް ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ. ޑޯރޑްމަންޑުން ރޭގައި ކުޅުނު މެޗު ކާމިޔާބުކުރީ 2-1 އިންނެވެ. މިއާއެކު، އެގްރިގޭޓް ސްކޯރ 3-2 ޑޯރޓްމަންޑް ވަނީ ކުރިހޯދާފައެވެ.

ޑޯރޓްމަންޑް ދަނޑުގައި ކުލުނު ފުރަތަމަ ލެގް 1-1 އިން އެއްވަރުވުމަށްފަހު، ދެވަނަ ލެގްގައި ރޭގައި އެންމެ 5 މިނެޓުގައި ލިލްގެ ޖޮނަތަން ޑޭވިޑްގެ ގޯލަކުން ލިލް ލީޑުނެގިނަމަވެސް، 54 ވަނަ މިނެޓްގައި ތޯމަސް މިއުނިއަރ ޖޫލިއަން ބްރަންޓަށް ފައުލްކުރުމުން ލިބުނު ޕެނަލްޓީ އެމްރެ ޗަންގެ ފަރާތުން ވަނީ ގޯލަކަށް ބަދަލުކޮށްފައެވެ. އަދި މެޗްގެ 79 ވަނަ މިނެޓްގައި ބެއިއަރ ވަނީ އިތުރު ގޯލެއް ޖަހައި ފަހަތުން އަރައި ޑޯރޑްމަންޑް އަށް ލީޑުނަގައިދީފައެވެ. މިއީ ބެއިއަރގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލަނޑެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޗާއެކު ޑޯޓްމަންޓް ވަނީ ވިދިވިދިގެން ދެވަނަ ސީޒަނަށް ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށް، ޖުމްލަ 9 ވަނަ ފަހަރަށް ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ. ރޭގެ މެޗުގައި ލިލްގެ ޖޮނަތަން ޑޭވިޑް ވަނީ 13 ލަނޑާއެކު އެ ކުލަބުގެ ޔޫރަޕިއަން މުބާރާތްތަކުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އައު ކޮށްފައެވެ.

ކުއާޓަރ ފައިނަލްގައި ޑޯޓްމަންޓް ބައްދަލުކުރަން ޖެހޭނީ ބާސެލޯނާއާއި ދެކޮޅަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔުވެންޓަސް އާއި ޑޯޓްމަންޑް މެޗު ހަމަހަމަވެ، ޓޮޓްނަމް ފުރަތަމަ މޮޅުވުން ހޯދައިފިކުޅިވަރު | 8 ގަޑިއިރު ކުރިންހަނިގޮތަކަށް ޑޯޓްމަންޑްއަތުން މޮޅުވެ، ރެއާލް ސެމީއަށްކުޅިވަރު | 2 މަސް ކުރިންމޮންޓެރޭ ބަލިކޮށް ޑޯޓްމަންޑް ކުއާޓަރ ފައިނަލަށްކުޅިވަރު | 3 މަސް ކުރިންގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޑޯޓްމަންޑް ގަދަ 16 އަށްކުޅިވަރު | 3 މަސް ކުރިން