logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޑޯޓްމަންޑް ގަދަ 16 އަށް

އަބްދުﷲ ޣާނިމް
26 ޖޫން 2025 - 04:34
އުލްސާން އާއި ދެކޮޅަށް ޑޯޓްމަންޑް ކުޅުނު މެޗުގެ ތެރެއިން - ފޮޓޯ: ގޯލް
އުލްސާން އާއި ދެކޮޅަށް ޑޯޓްމަންޑް ކުޅުނު މެޗުގެ ތެރެއިން - ފޮޓޯ: ގޯލް

ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި ރޭގައި ދެކުނު ކޮރެއާގެ އުލްސާން ހިއުންޑާއީ އާއި ދެކޮޅަށްކުޅެ، ބޮރޫޝިޔާ ޑޯޓްމަންޑް ވަނީ 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މޮޅާއެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޑޯޓްމަންޑް ވަނީ މުބާރާތުގެ ގަދަ 16 އަށް ދަތުުރކޮށްފައެވެ.

އެމެރިކާގެ ސިންސިނާޓީގެ ޓީކިއުއެލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ މެޗުގެ 36 ވަނަ މިނިޓުގައެވެ. އެއީ ޖޯބް ބެލިންހަމްގެ އެސިސްޓަކުން ޑެނިއެލް ސްވެންސަން ޖެހި ލަނޑެކެވެ. މި މެޗު ކާމިޔާބު ކުރުމާއެކު ޑޯޓްމަންޑަށް ވަނީ ކުޅުނު ތިން މެޗުން 7 ޕޮއިންޓް ހޯދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުބާރާތުގެ ދެވަނަ ބުރުގައި ޑޯޓްމަންޑް ކުޅޭނީ ގްރޫޕް އީގެ ދެވަނަ ޓީމު މެކްސިކޯގެ މޮންޓެރޭ އާއި ދެކޮޅަށެވެ. މިގްރޫޕުގައި ބްރެޒިލްގެ ފްލުމިނޭންސް ވަނީ ސައުތު އެފްރިކާގެ މަމެލޮޑީ ސައުންޑް އާއި ވާދަކޮށް 0-0 އިން އެއްވަރުވެ، ގްރޫޕްގެ ދެވަނައިގައި ގަދަ 16 އަށް ދަތުރުކޮށްފައެވެ. ފްކުމިނޭންސް ގަދަ 16 ގައި ވާދަކުރާނީ އިޓަލީގެ އިންޓަރ މިލާނާއި ދެކޮޅަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔުވެންޓަސް އާއި ޑޯޓްމަންޑް މެޗު ހަމަހަމަވެ، ޓޮޓްނަމް ފުރަތަމަ މޮޅުވުން ހޯދައިފިކުޅިވަރު | 7 ގަޑިއިރު ކުރިންހަނިގޮތަކަށް ޑޯޓްމަންޑްއަތުން މޮޅުވެ، ރެއާލް ސެމީއަށްކުޅިވަރު | 2 މަސް ކުރިންމޮންޓެރޭ ބަލިކޮށް ޑޯޓްމަންޑް ކުއާޓަރ ފައިނަލަށްކުޅިވަރު | 3 މަސް ކުރިންގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޑޯޓްމަންޑް ގަދަ 16 އަށްކުޅިވަރު | 3 މަސް ކުރިން