logo
ކުޅިވަރު

މޮންޓެރޭ ބަލިކޮށް ޑޯޓްމަންޑް ކުއާޓަރ ފައިނަލަށް

އަބްދުﷲ ޣާނިމް
2 ޖުލައި 2025 - 05:23
މޮންޓެރޭ އާއި ޑޯޓްމަންޑް ވާދަކުރި މެޗުގެ ތެރެއިން
މޮންޓެރޭ އާއި ޑޯޓްމަންޑް ވާދަކުރި މެޗުގެ ތެރެއިން

ފީފާ ކުލަބު ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި މިއަދު މެކްސިކޯގެ މޮންޓެރޭއާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ބޮރޫޝިޔާ ޑޯޓްމުންޑުން ހޯދައިފިއެވެ.

އެމެރިކާގެ ޖޯޖިއާގެ މާސެޑީޒް ބެންޒް ސްޓޭޑިއަމްގައި 31،000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗު ކާމިޔާބު ކުރުމާއެކު، ކުއާޓަރ ފައިނަލުގައި ޑޯޓްމުންޑް ނިކުންނާނީ ސްޕެއިންގެ ރެއާލް މެޑްރިޑާ ދެކޮޅަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި، ސޭހޫ ގިރެސީ ވަނީ މެޗުގެ 14 ވަނަ މިނެޓުގައި ޑޯޓްމުންޑަށް ލީޑު ހޯދައިދީފައެވެ. އަދި އޭގެ 10 މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ. މި ދެ ލަނޑުވެސް ގިރެސީ ޖަހާފައިވަނީ އަޑެޔޭމީ ދިން ދެ އެސިސްޓުންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 3 ވަނަ މިނެޓުގައި މޮންޓެރޭގެ ޖާމަން ބެޓަރޭމާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ. މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް މޮންޓެރޭއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، ކެޕްޓަން ސާޖިއޯ ރާމޯސް ބޮލުން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ދަނޑި ކައިރިން ބޭރުވެފައެވެ.

މި ކާމިޔާބީއާއެކު ޑޯޓްމުންޑަށް ވަނީ ކުލަބު ވޯލްޑް ކަޕުގެ ކުއާޓަރ ފައިނަލުގައި ރެއާލް މެޑްރިޑާ ކުރިމަތިލުމުގެ ފުރުސަތު ލިބިފައެވެ. މި ދެ ޓީމުގެ މެދުގައި ކުޅޭ މެޗަކީ ގިނަ ބަޔަކު ޝައުގުވެރިކަމާއެކު ބަލަން ބޭނުންވާނެ މެޗެއް ކަމަށް ލަފާކުރެވެއެވެ.މިމެޗުގައި ބްލިންގްހަމް ގެ ދެބެއިން ދެޓީމުން ފެންނާނެކަމަށް ގިނަބަޔަކު އުއްމީދުކުރިނަމަވެސް، ޖޯބް ބެލިންގްހަމް އައި މިއަދު ރީނދޫކާޑު ދެއްކުމާއެކު، އޭނާއަށް ޖޫޑް ބެލިންގްހަމް އާއި ދެކޮޅަށް ކުޅުމަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޑުއެކޭ ގެ ވޯލްޑްކަޕް މެޑަލް ޓްރަމް ވަގަށް ނަގައިފި ކުޅިވަރު | މަހެއް ކުރިންޒަބީބޯލް ފޫގޮސް ހުސްއަތާ މެޑްރިޑް ސީޒަން ނިންމާލިއިރު، ޕީއެސްޖީ ވޯލްޑްކަޕްގެ ފައިނަލަށްކުޅިވަރު | 2 މަސް ކުރިންޖޯއާއޯ ޕެޑްރޯގެ ދެ ލަނޑުން ޗެލްސީ ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށްކުޅިވަރު | 2 މަސް ކުރިންހަނިގޮތަކަށް ޑޯޓްމަންޑްއަތުން މޮޅުވެ، ރެއާލް ސެމީއަށްކުޅިވަރު | 2 މަސް ކުރިން