logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބޫޓާން އާއި ބަންގްލަދޭޝް އާއި އެއް ގްރޫޕްކަށް ރާއްޖެ

އަބްދުﷲ ޣާނިމް
13 މާރިޗު 2025 - 03:59
2019 ގައި އަންޑަރ 19 ރާއްޖޭގެ ސްކޮޑް
2019 ގައި އަންޑަރ 19 ރާއްޖޭގެ ސްކޮޑް

އަންނަ މެއި މަހު އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް 19 އަހަރުން ދަށުގެ މުބާރާތުގައި ދިވެހިރާއްޖެ ބޫޓާން އަދި ބަންގްލަދޭޝް އާއި އެއް ގްރޫޕެއްގައި ލައްވާލައިފިއެވެ.

މެއި 9 އިން 18 އަށް އިންޑިއާގެ އަރުނާޗަލް ޕްރަދޭޝްގެ ޔޫޕިއާގައި ކުރިއަށްދާ މި މުބާރާތަކީ ސާފް އިން 18، 19 އަދި 20 އަހަރުން ދަށުގެ އުމުރުފުރާތަކަށް ހާއްސަކޮށްގެން ބާއްވާ ހަތްވަނަ މުބާރާތެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ 15،000 މީހުންގެ ޖާގައިގެ ޔުޕިއާ ގޯލްޑަން ޖޫބިލީ ސްޓޭޑިއަމްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުބާރާތުގެ ގްރޫޕް ބީގައި ވާދަކުރާނީ މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ އިންޑިއާ އާއި، ދެ ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ނޭޕާލް އަދި ސްރީ ލަންކާއެވެ. މިއީ އިންޑިއާގައި ސާފްގެ އުމުރުފުރާ މުބާރާތެއް ހޯސްޓްކުރާ ހަތަރުވަނަ ފަހަރެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ޓީމުން ވަނީ މިފަދަ މުބާރާތްތަކުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވުނު ސާފް 18 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވަނީ ތިންވަނަ ހޯދާފައެވެ.

ސާފް އިން އެ އަހަރެއްގެ މުބާރާތް ބާއްވާނެ އުމުރުފުރާއެއް ކަނޑައަޅަނީ އޭއެފްސީ ކޮލިފައިންއަށް ވެސް ރިއާޔަތްކޮށް، ޒުވާން ކުޅުންތެރިންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ. މިދިޔަ އަހަރު މިމުބާރާތް ބޭއްވީ 20 އަހަރުން ދަށުގެ އުމުރުފުރާއަށެވެ. މި މުބާރާތް ކުރިޔަށް ގެންދާނީ މިއަހަރުގެ މެއި މަހުގެ 9 އިން 18 އަށެވެ. މިމުބާރާތުގެ އެންމެ ފަހުން ބޭއްވި 2023 ވަނަ އަހަރުގެ ޗެންޕިއަންކަން ހޯދާފައިވަނީ އިންޑިޔާއިންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު އިންޓަމިލާން އާދައިގެ ޓީމެއްއަތުން ބަލިވެ، ޗެންޕިއަންސް ލީގުން ކުޓުމާއި ގާތަށްކުޅިވަރު | މަހެއް ކުރިންވަރުގަދަ އިންޓަމިލާން ބަލިކޮށް އާސެނަލް އިން ޔޫރަޕުގެ ހަމައެކަނި ބަލިނުވާ ޓީމުގެ ރެކޯޑް ކުރިޔަށްކުޅިވަރު | 2 މަސް ކުރިންއެޓަލާންޓާ ބަލިކޮށް އިންޓަރ މިލާން ސެރީއާ ތާވަލުގެ އެއްވަނައަށްކުޅިވަރު | 3 މަސް ކުރިންޔުނައިޓެޑްގެ ރިޖެކްޓް ރަޝްފޯޑުގެ ދެލަނޑާއެކު ބާސެލޯނާ ނިއުކާސަލްގެ މައްޗަށް ކުރިހޯދައިފިކުޅިވަރު | 6 މަސް ކުރިން