logo
Bank of Maldives

Bank of Maldives

ޚަބަރު

މޯލްޑިވިއަން ސީޕްލޭންގެ ދަތުރުތައް ފުޅަދުއަށް

އަޙްމަދު ޒަލީފް
13 މާރިޗު 2025 - 11:57
މޯލްޑިވިއަން ސީޕްލޭންގެ ދަތުރުތައް ފުޅަދުއަށް

ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ބ. އަތޮޅުގެ ރަށްތަކަށް ސީޕްލޭން ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

މޯލްޑިވިއަނުން ބުނީ ބ. ފުޅަދޫއަށް އެ އެއާލައިންގެ ސީޕްލޭން ދަތުރުތައް ފަށަން ނިންމާފައިވާކަމަށާއި އެ އަތޮޅުގެ ފެހެންދޫ އާއި ގޮއިދޫއަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ތަނަވަސްވެގެންދާނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވިއަނުން މި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.

މޯލްޑިވިއަނުން މައުލޫމާތު ދިންގޮތުގައި މި ދަތުރުތަކަށް ޓިކެޓް ވިއްކަން ފަށާނީ މިއަދުން ފެށިގެންނެވެ. އިތުރު މައުލޫމާތު ހޯދުމަށާއި ޓިކެޓް ގަތުމަށް maldivian.aero އަށް ޒިޔާރަތްކުރުމަށާއި، 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމަށް މޯލްޑިވިއަނުން ވަނީ އެދިފައެވެ.

އަދި މި އައު ޚިދުމަތުގެ ސަބަބުން މާލެއިން އެ ސަރަހައްދަށް ކުރާ ދަތުރުގެ ވަގުތު 25 މިނެޓަށް ކުރުވެގެންދާނެކަމަށްވެސް މޯލްޑިއަނުން ބުނެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ މަހު ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފަށަނީވިޔަފާރި | 3 ގަޑިއިރު ކުރިންމޯލްޑިވިއަން ސީޕްލޭންގެ ދަތުރުތައް ފުޅަދުއަށްޚަބަރު | 9 މަސް ކުރިން