logoEN
ޚަބަރު

ޕާކިސްތާނުގެ ރޭލަކުން ރަހީނުކުރި މީހުން ސަލާމަތްކޮށްފި

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

13 މާރިޗު 2025 - 12:17

ޕާކިސްތާނުގެ ބަލޫޗިސްތާން ސަރަހައްދުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިން ހައިޖެކްކުރި ފަސިންޖަރުންގެ ރޭލަކުން މަދުވެގެން 346 މީހުން ސަލާމަތްކޮށްފިކަމަށް އެ ގައުމުގެ ސިފައިން ބުދަ ދުވަހު ބުނެފިއެވެ.

ރޭލަށް ދިން ޙަމަލާގެ ފަހަތުގައި ތިބީ ބަލޫޗިސްތާންގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތް ކުރުމުގެ ނަމުގައި ހަނގުރާމަ ކުރަމުންދާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށްވާ ބަލޯޖް ލިބެރޭޝަން އާމީ (ބީއެލްއޭ)އެވެ. ބަލޫޗިސްތާންގެ ވެރިރަށް ކުއޭޓާއިން ޕެޝާވަރަށް ދަތުރު ކުރަމުން ދިޔަ ރޭލަކަށް ބީއެލްއޭއިން ޙަމަލާ ދީފައި ވަނީ ރޭލު ދުއްވާ މަގުގައި ގޮވާތަކެތި ހަރުކޮށްގެންނެވެ.

ބީއެލްްއޭއިން ވަނީ އެ އުޅަނދުގައި ދަތުރުކުރަމުން ދިޔަ 450އެެއްހާ މީހުން ރަހީނު ކޮށްފައެވެ. އެ ޖަމާޢަތުގެ އަމާޒަކީ، ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ހައްޔަރު ކޮށްފައިވާ އެ ޖަމާޢަތުގެ ބައެއް މެންބަރުން މިނިވަން ކުރުމަށް ޕާކިސްތާނުގެ ސަރުކާރަށް މަޖުބޫރު ކުރުވުމެވެ. ބީއެލްއޭގެ ސިޔާސީ ކުށްވެރިންނާއި އެކްޓިވިސްޓުން 48 ގަޑިއިރުގެ ތެރޭގައި މިނިވަން ނުކޮށްފި ނަމަ، ރޭލުގައި ހިފަހައްޓާއި ތިބި ހުރިހާ ފަސިންޖަރުން މަރައިލާނެ ކަމަށް ބުނެ އެ ޖަމާޢަތުން ވަނީ އިންޒާރު ދީފައެވެ.

ބަލޫޗިސްތާނުގެ ވެރިރަށް ކުއެޓާއިން ޚައިބަރު ޕަޚްތުންޚްވާ ސޫބާގެ ވެރިރަށް ޕެޝަވަރަށް ދަތުރުކުރަމުންދިޔަ މި ރޭލަށް ހަމަލާ ދީފައިވަނީ ކުއެޓާއިން 160 ކިލޯމީޓަރު ދުރުގައިވާ ސިބީ ސިޓީ ކައިރީގައިވާ ޓަނަލްތަކެއްގެ ތެރެއިން ދަތުރުކުރަމުންދަނިކޮށެވެ. ހަމަލާ ދިން އިރު މި ރޭލުގައި 400 އަށްވުރެ ގިނަ ފަސިންޖަރުން ތިބިކަމަށް ވެއެވެ.

ބަލޫޗިސްތާނަކީ އެތައް އަހަރެއް ވަންދެން ސަލާމަތީ ގޮތުން ނާމާން ސަރަހައްދެކެވެ. މި ސަރަހައްދުގައި ބީއެލްއޭ ފަދަ އެތައް ހަތިޔާރުއެޅި ޖަމާއަތްތަކެއް ހަރަކާތްތެރިވެއެވެ. 2006 އިން ފެށިގެން ބީއެލްއޭ އަކީ ޕާކިސްތާނާއި އެމެރިކާއިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ މަނާކުރެވިފައިވާ ޖަމާއަތެކެވެ.

ކޮމެންޓް

871x217_placeholder