logo
Bank of Maldives

Bank of Maldives

ޚަބަރު

ލިވަރޕޫލް ފުޓްބޯޅަ ކުލަބުގެ ރަސްމީ ޓޫރިސްޓް މަންޒިލް ޕާޓްނަރަކަށް ވިޒިޓް މޯލްޑިވްސް

އަބްދުﷲ ޣާނިމް
13 މާރިޗު 2025 - 12:40
ލިވަރޕޫލް ފުޓްބޯޅަ ކުލަބުގެ ރަސްމީ ޓޫރިސްޓް މަންޒިލް ޕާޓްނަރަކަށް ވިޒިޓް މޯލްޑިވް ހަމަޖެހިއްޖެ. ފޮޓޯ: ވިޒިޓް މޯލްޑިވްސް
ލިވަރޕޫލް ފުޓްބޯޅަ ކުލަބުގެ ރަސްމީ ޓޫރިސްޓް މަންޒިލް ޕާޓްނަރަކަށް ވިޒިޓް މޯލްޑިވް ހަމަޖެހިއްޖެ. ފޮޓޯ: ވިޒިޓް މޯލްޑިވްސް

އިނގިރޭސި ޕްރިމިއަރ ލީގުގައި މިވަގުތު އެންމެ މަތީގައި އޮތް ލިވަރޕޫލް އެފްސީ އާއި ވިޒިޓް މޯލްޑިވްސްއާ ދެމެދު ވިޔަފާރި އެއްބަސްވުމެއްގައި ސޮއިކުރިކުރިކަން ލިވަރޕޫލުންނާއި ވިޒިޓް މޯލްޑިވްސްއިން އިޢުލާން ކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ވިޒިޓް މޯލްޑިވްސް ވެގެންދާނީ ކްލަބުގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަށެވެ.

ބުރާސްފަތި ދުވަހު ހާމަކުރި މި އެއްބަސްވުމުގެ ދަށުން، ލިވަރޕޫލްގެ ފިރިހެނުންނާއި އަންހެނުންގެ ޓީމުތަކާއެކު މަސައްކަތްކުރާނެއެވެ. މީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިތުރަށް ފާހަގަކޮށް، ރާއްޖޭގެ ތަރިކައާއި، ރީތިކަމާއި އަދި އެކި ހަރަކާތްތައް ދުނިޔެއަށް ޕްރޮމޯޓްކުރުމެވެ. ފާހަގަކޮށްލެވޭގޮތުގައި ލިވަރޕޫލަކީ މިސީޒަނުގައި ދުނިޔޭގެ އެންމެ ވަރުގަދަ ލީގުގެ އެއްވަނައިގައި އޮތްޓީމެވެ. މީގެއިތުރުން ލިވަރޕޫލް ވަނީ މިއަހަރުގެ ލީގު ކަޕުގެ ފައިނަލަށްވެސް ދަތުރުކޮށްފައެވެ.
ލިވަރޕޫލަކީ މިވަގުތު ދުނިޔޭގެ އެންމެ ވަރުގަދަ ލީގުގައި މިދިޔަ ސީޒަނާއި މިސީޒަނުގައި އެންމެ ގިނަބަޔަކު ބެލި ޓީމުކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން މިމުއްދަތުގެ ތެރޭގައި 471 މިލިޔަން މީހުން ލިވަރޕޫލުގެ މެޗުތައް ބަލާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުން ފާހަގަކުރުމުގެ ގޮތުން، ލިވަރޕޫލްގެ ފޭނުންނަށް MyLFC މުބާރާތެއްގެ ތެރެއިން ފަސް ރޭގެ ދިވެހިރާއްޖޭގެ ޗުއްޓީއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، ޚާއްޞަ ޕްރޮމޯޝަންތަކާއި އިނާމު ލިބޭ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ފޭނުންނަށް ލިބިގެންދާނެއެވެ.

 

ލިވަރޕޫލްގެ ޗީފް ކޮމާޝަލް އޮފިސަރ ބެން ލެޓީ ވިދާޅުވީ، "މި ޕާޓްނަރޝިޕްގައި ދެ ފަރާތުންވެސް ތިމާވެށި ހިމާޔަތްކުރުމަށް އިސްކަންދޭނެ" ކަމަށެވެ. ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ މިއީ ފަޚުރުވެރި ވަގުތެއް ކަމަށާއި، MyLFC މުބާރާތުގެ ތެރެއިން ފޭނުންނަށް "ހަނދާނުގައި ދެމިހުންނާނެ ދަތުރެއް" ހަދިޔާކުރެވޭތީ އުފާކުރައްވާ ކަމަށެވެ.

 

ފާއިތުވި އަހަރު ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި ދިވެހިރާއްޖެއިން، 2025 ވަނަ އަހަރު 2.2 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒުކޮށްފައިވެއެވެ. މި ޕާޓްނަރޝިޕްގެ ސަބަބުން، 200 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި ލިވަރޕޫލްގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ދިވެހިރާއްޖެ އިތުރަށް ފާހަގަކުރެވިގެންދާނެއެވެ.
މިދިޔަ ހަފްތާގައި ދުނިޔޭގެ ކުޅިވަރުގެ އެންމެ އިތުބާރުކުރެވޭ އަދި އެންމެ ގިނަ ސަޕޯޓަރުން މީސްމީޑިޔާގައި ހިމެނޭ ޖަރނަލިސްޓް ފަބްރީޒިއޯ ރޮމާނޯ އާއިއެކުވެސް ރާއްޖެ ޕްރޮމޯޓްކުރުމަށް އެއްބަސްވުން ހެދިފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖެހިޖެހިގެން 6ވަނަ ފަހަރަށް ރާއްޖެއަށް ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު ލިބިއްޖެޚަބަރު | 11 ގަޑިއިރު ކުރިންދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ތަސްދީޤުކުރައްވައިފިޚަބަރު | ދުވަހެއް ކުރިންމި ސީޒަންގެ ފުރަތަމަ ކްރޫޒްލައިނާއިން އައި ފަތުރުވެރިންނަށް ކްލިއަރެންސް ދީފިޚަބަރު | 3 ދުވަސް ކުރިންނޮވެމްބަރު 19 އާ ހަމައަށް 1.9 މިލިއަން ފަތުރުވެެރިން ރާއްޖެ ޒިޔާރަތްކޮށްފިޚަބަރު | 15 ދުވަސް ކުރިން