logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޓޮޓްނަމް ޔޫރޮޕާ ލީގުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފި

އަބްދުﷲ ޣާނިމް
14 މާރިޗު 2025 - 04:15
ޓޮޓްނަމް ވަނީ ޔުނައިތެޑް އާއެކު މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަހީދާފައި. ފޮޓޯ: ޓޮޓްނަމް
ޓޮޓްނަމް ވަނީ ޔުނައިތެޑް އާއެކު މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަހީދާފައި. ފޮޓޯ: ޓޮޓްނަމް

ޔުއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ހޮލެންޑުގެ އަލްކްމަރ އަތުން 3-1 އިން މޮޅުވެ، 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން މުބާރާތުގެ ކުއާޓަރ ފައިނަލަށް ޓޮޓްނަމް ހޮޓްސްޕަރ ދަތުރުކޮށްފިއެވެ.

މި ދެ ޓީމު ބަައްދަލުކުރި ފުރަތަމަ ލެގުގައި 1-0 އިން ޓޮޓްނަމް ބަލިވެފައިވީ ނަމަވެސް، ދެވަނަ ލެގުގައި ރޭ ކުޅުނު މެޗުން މޮޅުވެ މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގަ އެޓީމަށް ލިބެނީ ފައިދާގޯލުގެ އެގްރިގޭޓުންނެވެ. ލަންޑަނުގެ ޓޮޓްނަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޓޮޓްނަމްގެ ފުރަތަމަ ލަނޑު ވަނީ 26 ވަނަ މިނެޓުގައި ވިލްސަން އޮޑޮބާޓް ޖަހާފައެވެ. އެއީ ޑޮމިނިކް ސޮލާންކޭ ދިން ބޯޅައަކުން ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިން މިނެޓުގައި ސޮން ހިއުންމިންގެ އެސިސްޓަކުން ޖޭމްސް މެޑިސަން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ.އެހެންނަމަވެސް 63 ވަނަ މިނެޓުގައި އަލްކްމާގެ ޕިއާ ކޫޕްމެއިނާރސް ވަނީ ޓޮޓްނަމްގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ލަނޑެއް ޖަހާ އެގްރިގޭޓް ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 74 ވަނަ މިނެޓުގައި އޮޑޮބާޓް ވަނީ އޭނާގެ ދެވަނަ އަދި ޓީމުގެ ތިންވަނަ ލަނޑު ޖަހައި މެޗު ކަށަވަރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ވަގުތު އިނގިރޭސި ޕްރިމިއާ ލީގުގެ 13 ވަނައިގައި އޮތް ޓޮޓްނަމް، ޔޫރޮޕާ ލީގުގެ ކުއާޓަރ ފައިނަލުގައި ކުޅޭނީ ޖަރުމަނުގެ އެއިންޓްރެކްޓް ފްރެންކްފަޓާ ދެކޮޅަށެވެ. ފްރެންކްފަޓް ވަނީ ނެދަލޭންޑްސްގެ އަޔަކްސް 6-2 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކޮށް ކުއާޓަރ ފައިނަލުގެ ޖާގަ ހޯދާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސެމެންޔޯގެ ފަހު މެޗުގައި ފަހު ވަގުތުގެ ލަނޑާއެކު ބޯންމައުތުން ޓޮޓެންހަމް ބަލިކޮށްފިކުޅިވަރު | 5 ދުވަސް ކުރިންޓޮޓްނަމް، ސިޓީ އަދި ލިވަޕޫލުން އާސެނަލް އަށް އައުއަހަރުގެ ހަދިޔާދީފިކުޅިވަރު | 11 ދުވަސް ކުރިންޕެލަސް ބަލިކޮށް ޓޮޓްނަމް ތާވަލުގެ 11 ވަނައަށްކުޅިވަރު | 15 ދުވަސް ކުރިން9 މީހުންނާއެކު ކުޅުނު ޓޮޓްނަމް ބަލިކޮށް ލިވަޕޫލުން ޖެހިޖެހިގެން ތިން މޮޅުހޯދައިފިކުޅިވަރު | 23 ދުވަސް ކުރިން