logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފްރާންސްގެ ކެޕްޓަން އެމްބާއްޕޭ އެނބުރި ޤައުމީ ޓީމަށް

އަބްދުﷲ ޣާނިމް
14 މާރިޗު 2025 - 12:26
އެމްބާއްޕޭ އެނބުރި ޤައުމީ ޓީމުގައި ހިމަނައިފި. ފޮޓޯ: ރޮއިޓަރސް
އެމްބާއްޕޭ އެނބުރި ޤައުމީ ޓީމުގައި ހިމަނައިފި. ފޮޓޯ: ރޮއިޓަރސް

ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ކްރޮއޭޝިއާ އާ ދެކޮޅަށް ކުޅޭ މެޗަށް ފްރާންސްގެ ގައުމީ ޓީމުގެ ސްކޮޑަށް އެ ޓީމުގެ ސްޓްރައިކަރު ކީލިއަން އެމްބާޕޭ ހިމަނައިފިއެވެ. މިއީ މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ގައުމީ ޓީމުގައި އެމްބާޕޭ ބައިވެރިވާ ފުރަތަމަ ފަހަރެވެ.

ފްރާންސްގެ ކޯޗު ޑިޑިއާ ޑިޝޭމްޕް ވަނީ އެމްބާޕޭ އަކީ ޓީމުގެ ކެޕްޓަންކަން އަދިވެސް ދެމިއޮތްކަން ކަށަވަރުކޮށްދީފައެވެ. "އަހަރެން އެމްބާޕޭ އާއި އެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފިން، އަހަރެން ޔަގީންކަންދެން އެމްބާޕޭ އަކީ އަހަރުމެންގެ ކެޕްޓަން" ޑިޝޭމްޕް ނޫސްވެރިންނަށް މިހެން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުމުރުން 26 އަހަރުގެ އެމްބާޕޭ އަކީ ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް 86 މެޗު ކުޅެދީފައިވާ ކުޅުންތެރިއެކެވެ. އޭނާ އެންމެ ފަހުން ކުޅުނީ ރޭ ބޭއްވުނު ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ރެއާލް މެޑްރިޑްގެ ޖާޒީގައި އެތުލެޓިކޯ މެޑްރިޑްއާ ދެކޮޅަށެވެ.

ފްރާންސް އާއި ކްރޮއޭޝިއާ ދެމެދު ކުޅޭ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގު ކުޅޭނީ މިއަންނަ ބްރާސްފަތި ދުވަހު ކްރޮއޭޝިއާގައެވެ. އަދި ދެވަނަ ލެގު ކުޅޭނީ މާރޗް 23 ވަނަ ދުވަހު ފްރާންސްގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައި.އެފް.އެފް.އެޗް.އެސް އިން ހޮވި 2025 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ޓީމު އިއުލާންކޮށްފިކުޅިވަރު | މަހެއް ކުރިންއެމްބާއްޕޭއަށް 60 މިލިޔަން ޔޫރޯދޭން ފްރާންސްގެ ކޯޓަކުން ޕީއެސްޖީއާއި ދެކޮޅަށް އަމުރުނެރެފިކުޅިވަރު | 2 މަސް ކުރިންއެމްބާއްޕޭ އާއި ޕީއެސްޖީ މައްސަލައިގެ ހުކުމް ކޯޓުން އަންނަ ޑިސެމްބަރުގައި ކުރަނީކުޅިވަރު | 3 މަސް ކުރިންއެމްބާއްޕޭގެ 400 ވަނަ ގޯލާއެކު ގްރޫޕްގެ އެއްވަނައިގައި ފްރާންސް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެކުޅިވަރު | 3 މަސް ކުރިން