logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔޫރަޕުގެ 3 ވަނަ ޑިވިޝަނުގެ ކުއާޓަރ ފައިނަލަށް ޗެލްސީ ދަތުރުކޮށްފި

އަބްދުﷲ ޣާނިމް
14 މާރިޗު 2025 - 12:40
ޔޫރަޕުގެ 3 ވަނަ ޑިވިޝަން (ކޮންފަރެންސް ލީގު) ގެ ކުއާޓަރ ފައިނަލަށް ޗެްސީ ވަނީ ދަތުރުކޮށްފައި. ފޮޓޯ: ޗެލްސީ
ޔޫރަޕުގެ 3 ވަނަ ޑިވިޝަން (ކޮންފަރެންސް ލީގު) ގެ ކުއާޓަރ ފައިނަލަށް ޗެްސީ ވަނީ ދަތުރުކޮށްފައި. ފޮޓޯ: ޗެލްސީ

ޔުއެފާ ކޮންފަރެންސް ގަދަ 16 ގެ ދެވަނަ ލެގުގައި ޑެންމާކުގެ ކޯޕަންހޭގަން އާ ދެކޮޅަށް ކުޅުނު ދެ މެޗުން އެގްރިގޭޓް 3-1 އިން މޮޅުވެ، ޗެލްސީ ވަނީ މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ.
ފުރަތަމަ ލެގުގައި ޑެންމާކުގައި ކުޅުނު މެޗުން 2-1 އިން މޮޅުވުމަށްފަހު، ރޭ ސްޓޭމްފޯޑް ބްރިޖުގައި ކުޅުނު މެޗުން ޗެލްސީ ވަނީ 1-0 އިން މޮޅުވެފައެވެ.ރޭގެ މެޗުގައި ޗެލްސީގެ ހަމައެކަނި ލަނޑު ޖަހައިދިނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 10 ވަނަ މިނިޓުގައި ކިއާނަން ޑިއުސްބަރީ-ހޯލްއެވެ. މެޗަށްފަހު ޑިއުސްބަރީ-ހޯލް ވަނީ "ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުވެސް ކާމިޔާބުކޮށްފައިވާ ޗެލްސީ އަށް ކޮންފަރެންސް ލީގު ކާމިޔާބުކުރެވޭނެ، އެ ޓީމުގައި އެ ފެންވަރު އެބަހުރި" ކަމަށް ބުނެފައެވެ.ފާޑުކިޔުންތަކާ ކުރިމަތިލާންޖެހިފައިވާ ކޯލް ޕާމާއަށް ފުރަތަމަ އެކާރަ އިން ކޯޗު އެންޒޯ މަރެސްކާ ފުރުސަތު ދީފައިނުވި ނަމަވެސް، ދެވަނަ ހާފުގައި އޭނާއަށް ލިބުނު ފުރުސަތުގައި މޮޅު ކުޅުމެއް ދައްކައިފައިވެއެވެ. އަނިޔާގެ ސަބަބުން ނިކޮލަސް ޖެކްސަން ނެތް ތަނުގައި މަރެސްކާ ވަނީ ޕެޑްރޯ ނެޓޯ ބޭނުންކޮށްފައެވެ.ކޯޕަންހޭގަންގެ ފަރާތުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފިފައިނުވާކަން ފާހަގަކުރެވުނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.
މުބާރާތުގެ ކުއާޓަރ ފައިނަލުގައި ޗެލްސީ ކުޅޭނީ ޕޮލެންޑްގެ ލެގިއާ ވާސޯ އާ ދެކޮޅަށެވެ. މި މެޗުން މޮޅުވާ ޓީމަކަށް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެލްސީ އަނެއްކާވެސް އެއްވަރުވެ ތަށިނެގުމުގެ އުއްމީދު ފެނަށް ދިޔުމާގާތަށްކުޅިވަރު | 17 ގަޑިއިރު ކުރިންވޯލްޑް ޗެންޕިއަން ޗެލްސީ އަށް ހިތިބައްޔަކާއެކު ތާވަލުގެ ހަތަރުވަނައަށް ވެއްޓިއްޖެކުޅިވަރު | 4 ދުވަސް ކުރިންޗެލްސީގެ ޔޫރަޕިއަން ޓްރޮފީތައް އާސެނަލް އަށް ދައްކާލި މެޗުގައި އެކަކު މަދުކޮށް މެޗު އެއްވަރުކޮށްފިކުޅިވަރު | 7 ދުވަސް ކުރިންމެޗުގެ ކުރިން ނުހުއްޓުވޭނެ ކަމަށްބުނި ބާސާއަށް ވޯލްޑް ޗެންޕިއަނުން ރަނގަޅު ފިލާވަޅެއް ދީފިކުޅިވަރު | 12 ދުވަސް ކުރިން