logo
ކުޅިވަރު

ފަހަތުން އަރައި ކޯމޯ ބަލިކޮށް އޭސީ މިލާނުން ޗެންޕިއަންސް ލީގުގެ އުއްމީދު އާކޮށްފި

އަބްދުﷲ ޣާނިމް
16 މާރިޗު 2025 - 06:01
އޭސީ މިލާން ވަނީ ކޯމޯ ފަހަތުން އަރައި ބަލިކޮށްފައި. ފޮޓޯ: އޭސީ މިލާން
އޭސީ މިލާން ވަނީ ކޯމޯ ފަހަތުން އަރައި ބަލިކޮށްފައި. ފޮޓޯ: އޭސީ މިލާން

އިޓާލިއަން ސީރީ އޭގައި ރޭ ކުޅުނު އޭސީމިލާން ކޯމޯ އަތުން 2-1 ގެ ނަތީޖާއަކުން ފަހަތުން އަރައި މޮޅުވެ މޮޅުވެ، ތާވަލުގެ ހަތްވަނައަށް ޖެހިލައި ޗެންޕިއަންސް ލީގުގެ ޖާގައެއް ހޯދުމާއި ގާތަށް ޖެހިލައިފިއެވެ. އިޓާލިއަން ލީގުގައި ޗެންޕިއަންސް ލީގުން ޖާގަލިބޭނީ ތާވަލުގެ އެންމެ މަތީގައި އޮންނަ 4 ޓީމަކަށެވެ.

މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ކޯމޯގެ ލޫކަސް ޑަ-ކޫނިއާ 33 ވަނަ މިނިޓުގައި ލަނޑެއް ޖަހައި އެ ޓީމަށް ލީދު ނަގައިދީފައިވެއެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގައި މިލާނުގެ ކޯޗު ސާޖިއޯ ކޮންސެއިސާއޯ ގެނައި ބަދަލުތަކާއެކު ޓީމުގެ ކުޅުން ވަރުގަދަވެގެން ދިޔައެވެ. ފޮފާނާ، އެލެކްސް ޖިމިނޭޒް އަދި ޖޮއާއޯ ފީލިކްސް ކުޅެން އެރުމާއެކު މިލާނުގެ ހަމަލާތައް އިތުރަށް ހަރުދަނާވެގެން ދިޔައެވެ.މިލާނުގެ ކްރިސްޓިއަން ޕުލިސިޗް އާއި ތިޖާނީ ރެއިންޑާރސް ގޯލުޖަހައި، މިލާނަށް ފަހަތުން އަރައި މެޗުން 3 ޕޮއިންޓް ހޯދައިދީފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ އިތުރު ވަގުތުގައި ކޯމޯގެ ޑޭލޭ އަލީ ކުރި ފައުލަކާ ގުޅިގެން ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލެވުނެވެ. ދެ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ފުރަތަމަ ފަހަރަށް ކުޅުނު މެޗުގައި އޭނާއަށް ކާޑު ދެއްކީ މިލާނުގެ ރުބެން ލޮފްޓަސް ޗީކްއަށް ކުރި ފައުލަކާ ގުޅިގެން ވީޑިއޯ ބެލުމަށްފަހުގައެވެ.
ފަހަކަށް އައިސް އިޓާލިއަން ލީގުގައި ނުފެންނަ ވާދަވެރިކަމެއް މިސީޒަނުގައި އިޓާލިއަން ލީގުން ދަނީ ފެންނަމުންނެވެ. އެގޮތުން ސިރީ އޭގައި މިވަގުތު ތާވަލުގެ އެއްވަނައިގައި 61 ޕޮއިންޓާއެކު އިންޓަރ މިލާން އޮތްއިރު، ދެވަނައިގައި 60 ޕޮއިންޓާއެކު އޮތީ ނަޕޮލީއެވެ. އަދި ތިން ވަނައިގައި އެޓަލާންޓާ އޮތީ 58 ޕޮއިންޓާއެކީގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަމަރ ޓްރާންސްފަރގައި އެންމެ ބޮޑު ޚަރަދެއްކުރި ލިވަޕޫލް، އޭސީ މިލާން އަތުން ބަލިވެއްޖެކުޅިވަރު | މަހެއް ކުރިންލޫކާ މޮޑްރިޗް އޭސީ މިލާނަށް ސޮއިކޮށްފިކުޅިވަރު | 2 މަސް ކުރިންމޮޑްރިޗް އޭސީ މިލާނަށް، ޗެންޕިއަންސް ލީގުގައި ރެއާލް އާއި ދެކޮޅަށް ނުކުޅޭނެކުޅިވަރު | 3 މަސް ކުރިން ސެރީ އޭ ޗެމްޕިއަންކަން ނަޕޮލީއަށްކުޅިވަރު | 3 މަސް ކުރިން