logo
Bank of Maldives

Bank of Maldives

ޚަބަރު

ކަރަންޓު ބޭނުންކުރާ މިންވަރު މައްޗަށް؛ ސްޓެލްކޯއިން އިލްތިމާސްކުރަނީ ކަރަންޓު އިގްތިސާދުކުރަން

ކަރަންޓު ބޭނުންކުރާ މިންވަރު މައްޗަށް؛ ސްޓެލްކޯއިން އިލްތިމާސްކުރަނީ ކަރަންޓު އިގްތިސާދުކުރަން

ރޯދަ މަހުގެ ފުރަތަމަ ހަތް ދުވަހާއި އަޅާބަލާއިރު ދުވާލެއްގެ މައްޗައް ކަރަންޓު ބޭނުންކުރަމުންދާ މިންވަރު ދަނީ އިތުރުވަމުން ކަމަށްސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރޯދަ މަހުގެ އަށް ވަނަ ދުވަހުން 14 ވަނަ ދުވަހަށް މާލެ އަދި ހުޅުމާލޭގައި ކަރަންޓު ބޭނުންކޮށްފައި ވަނީ ރޯދަ މަހުގެ ފުރަތަމަ ހަތް ދުވަހާއި ގާތްގަނޑަކަށް އެއް ޕެޓާންއަކަށެވެ. އެގޮތުން ފުރަތަމަ ހަތް ދުވަހެކޭ އެއްގޮތަށް މި ދުވަސްތަކުގައިވެސް އެއްގަޑިތަކެއްގައި ކަރަންޓު ބޭނުން ކުރަމުންދާ މިންވަރު މަތިވެފައިވާކަން ސްޓެލްކޯއިން ހާމަކުރެއެވެ. އަދި މިދުވަސްވަރަށް ބަލާއިރު، ޖުމްލަ ގޮތަކަށް ދުވާލެއްގެ މައްޗަށް ކަރަންޓު ބޭނުންކުރަމުންދާ މިންވަރު އިތުރުވެފައިވާތީ، ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީއިލްތިމާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

GmGSv0QbsAAe5tb.jpg

ރޯދަ މަހުގައި އެންމެ އެންމެ ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރަމުންދާ މިންވަރު ވެސް ވަނީ މަތިވެފައެވެ. އެގޮތުން މި ރަމަޟާން މަހު ޕީކް ގަޑިތަކުގައި 100 މެގަވޮޓަށްވެސް ކަރަންޓު ބޭނުންކުރެވިފައިވެއެވެ. އަދި މި ރޯދަ މަހު ޕީކް ގަޑިތަކުގައި އެންމެ މަދުން ކަރަންޓު ބޭނުންކޮށްފައިވަނީ 90.6 މެގަވޮޓުއަށެވެ.

ރޯދަ މަހު ކަރަންޓު ބިލުތަކުން ޑީސްކައުންޓު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ މިއަހަރުވެސް ރޯދަ މަހު ކަރަންޓު ބިލުންނާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެ ކަމަށެވެ.

އެގޮތުން ސްޓެލްކޯއިން ބުނެފައި ވަނީ އެންމެ މަދުވެގެން 10 އިންސައްތައާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށާއި ޑިސްކައުންޓު ދިނުމުގައި ބަލާނީ ފާއިތުވި އެއް އަހަރު ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ކަމަށެވެ. އަދި އިތުރުވާ އަދަދަށް ޑިސްކައުންޓު ދޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

 

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިގުރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްޚަބަރު | 2 ދުވަސް ކުރިންކ. ހުރާގެ ފެން، ކަރަންޓު އަދި ނަރުދަމާގެ ޚިދުމަތާ ސްޓެލްކޯއިން ހަވާލުވެއްޖެޚަބަރު | 3 ދުވަސް ކުރިންސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ޕޯޓަލް 'ވަށަނި" އިފްތިތާހްކޮށްފިޚަބަރު | 7 ދުވަސް ކުރިންސްޓެލްކޯގައި ކުރިއަށްގެންދިޔަ ފަޔަރ ވޯޑަން - ޓްރެއިން ދަ ޓްރެއިނަރ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓްދީފިޚަބަރު | 10 ދުވަސް ކުރިން