logo
ކުޅިވަރު

އެޓަލާންޓާ ބަލިކޮށް އިންޓަރ އެއްވަނައިގައި ހަމަޖެހިލައިފި

އަބްދުﷲ ޣާނިމް
17 މާރިޗު 2025 - 10:05
އިންޓަރގެ ކުލުންތެރިނމް ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: އިންޓަރ
އިންޓަރގެ ކުލުންތެރިނމް ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: އިންޓަރ

އިޓާލިއަން ސީރީ އޭ ލީގުގައި ރޭގައި އެޓަލާންޓާ 2-0 އިން ބަލިކޮށް، އިންޓަރ މިލާނުން ތާވަލުގެ އެއްވަނައިގައި ލީޑު ތިން ޕޮއިންޓަށް ފުޅާކޮށްފިއެވެ.

އެޓަލާންޓާގެ ދަނޑުގައި ކުޅުނު މި މެޗުގައި އިންޓަރގެ ފުރަތަމަ ލަނޑު ޖަހައިދިނީ ކާލޯސް އަގުސްޓޯ އެވެ. އަދި ދެވަނަ ލަނޑު ޖަހައިދިނީ އާޖެންޓީނާގެ ތަރި ލަޓާރޯ މާޓިނޭޒް އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނަތީޖާއާއެކު، 29 މެޗު ކުޅެ 64 ޕޮއިންޓް ހޯދައިގެން އިންޓަރ މިލާން ވަނީ ތާވަލުގެ އެއްވަނައިގައި ހިފަހަށްޓާލާފައެވެ. ދެވަނައިގައި އޮތް ނަޕޯލީ އަށް ލިބިފައިވަނީ 61 ޕޮއިންޓެވެ. އަދި މިއަދުގެ މެޗާ ހަމައަށް ތިންވަނައިގައި އޮތް އެޓަލާންޓާ އަށް ލިބިފައިވަނީ 58 ޕޮއިންޓެވެ.

މެޗުގެ ފަހުބައިގައި ދެ ޓީމުގެ ކުޅުންތެރިންނަށް ސީދާ ރަތް ކާޑު ދެއްކުމާ ގުޅިގެން މެޗު ނިމުނުއިރު ދެ ޓީމުން ވެސް ކުޅެމުން ދިޔައީ 10 ކުޅުންތެރިންނާ އެކުގައެވެ. އެޓަލާންޓާގެ މިޑްފީލްޑަރު އެޑާސަން އާއި އިންޓަރގެ ޑިފެންޑަރު އަލެސަންދްރޯ ބަސްޓޯނީ އަށް ވަނީ ރަތް ކާޑު ދައްކާފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ފިއޮރެންޓީނާގެ ދަނޑުގައި އެ ޓީމުން ވަނީ 3-0 އިން ޔުވެންޓަސް ބަލިކޮށްފައެވެ. މި ނަތީޖާއަކީ ޔުވެންޓަސްގެ ސީޒަނަށް އިތުރު ހީނަރުކަމެއް ގެނެސްދިން ނަތީޖާއެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރާންސްފާ މައްސަލައިގައި ލުކްމަން އެޓަލާންޓާގެ ފަރިތަކުރުންތަކުގައި ބައިވެރިވުން ހުއްޓާލައިފިކުޅިވަރު | މަހެއް ކުރިންއިންޓަރ މިލާނާއި މޮންޓެރޭ ދެވަނަ ބުރަށްކުޅިވަރު | 2 މަސް ކުރިންފަހުވަގުތު ރެޑް ޑައިމަންޑް އަތުން މޮޅުވެ، އިންޓަރ ދެވަނަ ބުރުގެ އުއްމީދުތައް އައުކޮށްފިކުޅިވަރު | 2 މަސް ކުރިންއިންޓަރ މިލާންގެ އައު ކޯޗަކަށް ކްރިސްޓިއަން ޗިވޫ އައްޔަންކޮށްފިކުޅިވަރު | 3 މަސް ކުރިން